އިއުލާނު: MDP/2021/38 އެމްޑީޕީގެ ރެޖިސްޓްރާ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

އެމްޑީޕީގެ ރެޖިސްޓްރާ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ ވާހަކަ ދަންނަވަމެވެ. ތިރީގައި އެވަނީ ރަޖިސްޓްރާ ޖެނެރަލްގެ މައިގަނޑު މަސްއޫލިއްޔަތުތަކެވެ.

1. ޕާޓީގެ ސެކްރެޓޭރިއެޓާއި، މެންބަރޝިޕް އާއި ކެންޕޭން ކޮމިޓީން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޕާޓީގެ މެންބަރުންގެ ފޯމުތަކާއި މެމްބަރުންގެ ދަފްތަރު ބަލަހައްޓަމުން ގެންދިއުން.
2. ދާއިރާތަކުގެ ދަފްތަރާއި ގޮފިތަކުގެ ދަފްތަރާއި، ދާއިރާތަކުގެ މެންބަރުންނާއި ގޮފިތަކުގެ މެންބަރުންގެ ދަފްތަރުތަކާއި، ދާއިރާތަކާއި ގޮފިތަކުގެ ހިންގާ ކޮމިޓީތަކުގެ މެންބަރުންގެ މައުލޫމާތު އަޕްޑޭޓްކުރުމާއި،
ބަލަހައްޓަމުން ދިއުން.
3. ޕާޓީގެ މެންބަރޝިޕް އާއި ކެންޕޭން ކޮމިޓީން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށް އެތެރޭގެ އިންތިޚާބުތަކުގައި ވޯޓުލާ މެންބަރުންގެ ލިސްޓުތައް ތައްޔާރުކޮށް އިންތިޚާބާ ބެހޭ ކޮމިޓީއަށް އެހީތެރިވެދިނުން.

މިމަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ، މައިކްރޯސްފޮޓް ވަރޑް އާއި އެކްސެލް ބޭނުންކޮށްގެން މަސައްކަތްކުރަން އެނގޭ އަދި ގިނަ ވަގުތު މަސައްކަތުގައި އުޅޭވޭނޭ ފަރާތްތަކަކަށްވާންވާނެއެވެ. މިމަޤާމަށް މީހަކު ހޮވުމުގައި މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖްރިބާއަށް ރިއާޔަތް ކުރެވޭނެއެވެ.

މަޤާމުގެ މުސާރަ އަކީ މަހަކު 16،000.00 ރުފިޔާ (ސޯޅަ ހާސް ރުފިޔާ) އެވެ. މީގެ އިތުރުން، ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ އެލަވަންސް އާއި އެހެނިހެން އިނާޔަތްތައް ލިބޭނެއެވެ.

މިމަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން ވަނަވަރާއެކު ވަޒީފާއަށް އެދޭ ސިޓީ އެމްޑީޕީގެ ޤައުމީ އިދާރާއަށް ނުވަތަ secretariat@mdp.org.mv އަށް އީމެއިލް އަކުން 25 ނޮވެމްބަރ 2021 ދުވަހުގެ މެންދުރު 2.00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ނޮވެމްބަރު 2021