އެމްޑީޕީގެ ކުއްލި ޚާއްސަ ބައްދަލުވުމެއް މިރޭ ހަރުގޭގައި އޮންނާނެ

20 އޮކްޓޯބަރ 2010

އެމްޑީޕީގެ ކުއްލި ޚާއްސަ ބައްދަލުވުމެއް މިރޭ (20 އޮކްޓޯބަރ 2010 ވާ ބުދަ ދުވަހުގެރޭ) އެމްޑީޕީގެ ހަރުގޭގައި އޮންނާނެކަމަށް އެޕާޓީން ބުނެފިއެވެ.
މިރޭ 9 ޖަހާއިރު ފެށޭ މި ބައްދަލުވުމަށް އެމްޑީޕީގެ ލޮބުވެތި މެންބަރުންނާއި އެޕާޓީއަށް ސަޕޯޓްކުރައްވާ ފަރާތްތަކާއި، ހެޔޮއެދިވަޑައިގަންނަވާ ފަރާތްތަކުން ބައިވެރިވެވަޑައިގެން ދެއްވުމަކީ އެމްޑީޕީގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެޕާޓީން ބުނެއެވެ.
އެމްޑީޕީން މިހާރު ދަނީ ކޮންމެ ހޯމަ ދުވަހެއްގެރޭ އެޕާޓީން ބާއްވަމުން އަންނަ ހަރުގެ ޖަލްސާތައް ވެސް އަލުން ބާއްވަން ފަށާފައެވެ.