ރައީސުލްޖުމްހޫރިއްޔާ އިއްޔެ ލޯކަލް ކައުންސިލްތައް އުފައްދަވައިފި

20 އޮކްޓޯބަރ 2010

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން އުފައްދަވަންޖެހޭ ލޯކަލް ކައުންސިލްތައް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިއްޔެ އުފައްދަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ނެރުއްވި ދެންނެވުމުގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ، 19 އަތޮޅު ކައުންސިލާއި، 189 ރަށު ކައުންސިލާއި، ދެ ސިޓީ ކައުންސިލެވެ. މި ދެ ސިޓީ ކައުންސިލަކީ، މާލޭ ސިޓީ ކައުންސިލާއި، އައްޑޫ ސިޓީ ކައުންސިލެވެ. މިއުފެއްދެވި ހުރިހާ ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތައް، މިދެންނެވުމުގައި ވަނީ ހިމަނުއްވާފައެވެ.