މެންބަރުންގެ ޚިޔާލު: ޤައުމާއިގެން އަމާން ބަނދަރަކަށް ދެވޭނީ ހަސަދަވެރިކަން ދޫކޮށްގެންނެވެ.

19 އޮކްޓޯބަރ 2010

ޤައުމާއިގެން އަމާން ބަނދަރަކަށް ދެވޭނީ ހަސަދަވެރިކަން ދޫކޮށްގެންނެވެ. ކިތަންމެ ހަސަދަވެރި ވިޔަސް، ރައްޔިތުންގެ ޙައްޤުގައި މިވެރިކަމުގެ ލަގަން ބޯދާ ވިސްނުމުގެ އަހުލުވެރިންނާއި، އަދި އެމީހުންގެ އަޢުވާނުންނަށް ދޫކޮށްލެވޭކަށް ނެތެވެ.
ސިޔާސީ ޕާޓީތަކުގެ މަރުކާ ލިބިގަނެ، އެދުރުންގެ ޝޙުރަތު ލިބި ހިންދުކަރައާއި، އަސޭކަރައިގެ އުއްމުތްޗީން، ލިބުނު އިލްމުގެ މައްޗަށް ބޮޑާކަމާއި، ކިބުރުވެރި ކަމުގެ އަދާރަސަނުން ޖަރީއަވެ، ތިބި ބަޔަކު ލިޔާލިއުމެއްގެ މައްޗަށް ނުވަތަ ދައްކަވާ ވާހަކައެއްގެ މައްޗަށް ނަޢަރާކޮށް ނަށާނެބަޔަކު މިއަދު މިގައުމުގައި ނެތެވެ. ފަހަރެއްގައި ތިމާމެންގެ ފަހަތުގައި ގިނައަދަދެއްގެ ރައްޔިތުން ތިބިނަމަ، ކާމިޔާބު ވީސް ތޯއްޗެކެވެ! ލޯޔަލް އޮޕްޒިޝަން ޕާޓީއެއްގެ ކުލަވަރު ބޭރުފުށުން ދެއްކިޔަސް، ތިމާމެންގެ ޤައުމީ މަތިވެރިވާޖިބު އަދާކުރުމުގައި ފަހަތުގައި އެލުވިފައި އޮތީ މަކަރުވެރިކަމާއި، ބޮޑާކަމުގެ ކިސާއެކެވެ. އެކީސާ މިރާއްޖޭގައި ގަންނާނެމީހަކު ނެތެވެ. އެކީސާ ވިއްކަން ބޭރަށް ދަމާހިނގާށެވެ! އެންމެ ފަހަރަކު ސްޕްރިމްކޯޓުން ޤާނޫނީ ރޫޙުގައި އަމުރެއް ނެރުމުން ފިނދަންތަކުރުގެ އުސޫލުން މުޅިގައުމު ގަރަމު ކުރަމުންދާ މަންޒަރު ނިކަންދެކޭށެވެ! މިރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ސަރުކާރުން މިކުރާ މަސައްކަތުގައި އެއްބާރުލުން ދޭންތިބި ލޮބުވެތި ރައްޔިތުންގެ ވިސްނުން ޚަރާބުކޮށް، ނައްތާލަން މަސައްކަތް ކުރާބަޔަކު ރާއްޖޭގެ ސިޔާސީ މައިދާނުގައި އެބައުޅެއެވެ. މިރާއްޖޭގައި އޮތް ޙޮދުމުޚުތާރު ވެރިކަން ބަޔަކުނިކުމެ ސުލްހަވެރި ކަމާއެކު، ޤާނޫނީ ގޮތުން ބަދަލުކޮށް، ޑިމޮކްރަސީ ގެނެވުނު ހިނދު، ވެރިކަން ހިންގުމަށް ކުރިމަތިވީ ގޮންޖެހުންތައް ހުއްޓެވެ. އެ ގޮންޖެހުން ތަކުގެ ތެރޭގައި ޙޮދުމުޙުތާރު ވެރިކަން ކުރެއްވި ވެރިންނާއި އެބައި މީހުންނަށް ތަބާވީ މީހުންގެ ފަރާތުން ގައުމަށް ގެނެވުނު އިސްލާހީ ބަދަލުތައް ގަބޫލުނުކޮށް، ޑިމޮކްރަސީ ނުދަންނަ ނާގަވާރުން މެދުވެރިކޮށް، މުޖުތަމަޢުގެ ތެރޭގައި ހަމަނުޖެހުން އެބަ އުފައްދައެވެ. މިފަދަ ހަމަނުޖެހުން އުފެއްދުމުގެ މޭސްތިރީންނަކީ، ކުރިން ވެރިކަން ކުރެއްވި ވެރިންނާއި، އެފަދަ މީހުންނަށް ތަބާވާ ގައުމަށް ޢަދަރުވެރި މީހުން އަޑީގައި ތިބެގެންނެވެ. މިފަދަ ހަމަނުޖެހުން އުފެއްދުމުގެ އެންމެ ބޮޑު މަގުސަދަކީ، ވެރިކަން ކުރެއްވި އިރު، އެމީހުން ހިގާފައިވާ ބޮޑެތި ޖަރީމާތައް ފޮރުވުމާއި، އެފަދަ މައްސަލަތައް ބެލޭނެމަގު އިންތިޙާބުވެފައި އޮތް ސަރުކާރަށް ތަނަވަސްކޮށް ނުދިނުމެވެ. އަދި ތިމާމެންނަށް ލިބިފައިވާ ސެޓިފިކެޓްގެ ބޮޑުކަމުން ވެރިކަމުގެ ލާލަޗްގައި ނުހިނގި ފައިވާ ބައެއްގެ ބޭނުމުގައެވެ.
މިފަދަ މީހުންގެ އަމަލުތައް ސުލްހަވެރި ގޮތުގައި ނައްތާލެވޭނީ ޙޮދުމުޙްތާރު ވެރިކަން ބަދަލުވުމަށް ފަހު ޑިމޮކްރަސީ ހަމަތަކުގެ މަތިން އިންތިޙާބުވީ ސަރުކާރުން ވީއެންމެ އަވަސް ފުރުސަތެއްގައި ކުރީގެ ޙޮދުމުޙްތާރު ސަރުކާރުން ހިންގާފައިވާ އިންސާނިއްޔަތާއި، ޙިލާފް ބޮޑެތި ޖަރީމާތައް ބެލުމާއި، ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރި ވެފައިވޭތޯ ބެލުމާއި، މަގާމުގެ ބޭނުން ނަހަމަގޮތުގައި ކޮށްފައިވޭތޯ ބެލުންފަދަ، މައްސަލަތައް ބެލިގެންނެވެ. ގައުމެއްގައި ޙޮދުމުޙްތާރު ވެރިކަން ބަދަލުވުމަށް ފަހު ސުލްހަ މަސަލަސްކަން ދެމެހެއްޓޭނީ ޓްރާންސިޝަނަލް ޖަސްޓިސް ތަންފީޒް ކޮށްގެންނެވެ. މިއަދު ދިވެހި ރާއްޖެއިން ފެންނަމުންދާ ސިޔާސީ ހަމަނުޖެހުމުގެ މައިގަނޑު އަސާސަކީ، ޓްރާންސިޝަނަލް ޖަސްޓިސް ތަންފީޒް ނުކުރުމާއި، ކުދިކުދި ސިޔާސީ ޕާޓީތަކުގެ ސަބަބުންނެވެ. އަޅުގަނޑު އުއްމީދު ކުރަނީ ހަރުދަނާ ވިސްނުން ތަކެއްގެ ތެރެއިން، މުސްތަގުބަލުގައި ޤާނޫނީ ގޮތުން ކުދިކުދި ޕާޓީތަށް އުވިގެން ދާނެކަމުގައެވެ.
ވީހިނދު، ދިވެހި ރައްޔިތުން މިއަދު ޢިބްރަތް ލިބިގަންނަންވީ 30 އަހަރުވީ ދިގުވެރިކަން ނިމި ޤައުމީ ތަރައްގީގައި މިފަދަ މުހިއްމު ޤާނޫނީ ވާޖިބުތަކެއް އަދާ ކުރަންޖެހޭ، ދިމޮޤްރާތީ މޫސުމެއްގައި ރާއްޖޭގެ ދިމޮޤްރާތީ ހަޔާތުގައި އަލަށް އުފެދުނު ރައްޔިތުންގެ މަޖިލީހަކީ، ނުވަތަ އަލަށް އުފެދުނު ސިޔާސީ ޕާޓީތަކަކީ، ޒާތީ ތަޢައްސުބުން އެއްކިބާވެ ގައުމީ މަސްލަހަތުގެ މައްޗަށް އިޚްލާސްތެރި ކަމާއެކު، މަސައްކަތް ކުރުމުގެ ރޫޙުނެތް ބަޔަކަށް ވެއްޖެނަމަ، ރާއްޖޭގެ ދުސްތޫރީ ވެރިކަން ހިންގުމުގެ އައުވެށި ކިލަނބުވެ، އަދި ރައްޔިތުން އެ ބަދަލަކަށް ޓަކާ ނަޢަރާކުރި ޒަމާނީ ޑިމޮކްރަޓިކް އުސޫލުތަކުގެ މައްޗަށް ފުރަގަސް ދިނުމަކީ، ދުރުގައި އޮތް ކަމެއްނޫނެވެ. މިކަމުގެ މައްޗަށް ދޫދެވިގެން ނުވާނެއެވެ. ފިސަހަރި ވަރުގަދަ ނިއާމަ ދަތުރެއްގައި ޤާނޫނީ ހުދޫދުތަކުގެ ތެރޭގައި ތިބެ ދިވެހިންގެ ސިންގާ ސަނާގެ ނައު ޖެހޭނީ ހަންޖާމަށް ދުލެއްނުދީ އޮޑި ދުއްވާށެވެ! އަނގަތަޅަތަޅާ ގޯޅިގޯޅި ކަންމަތީގައި ތިބުންދޫކޮށް، ގައުމާއިގެން އަމާން ބަނދަރަކަށް ދާން އެންމެން ވެސް ނަވުގެ ހަންޖާގައި ހިފާށެވެ! ލިބިފައިވާ ސެޓްފިކެޓްގެ މަންފާޢަ ކުރާނީ އެއިރުންނެވެ. ޤައުމާއިގެން އަމާން ބަނދަރަކަށް ދެވޭނީ ހަސަދަވެރިކަން ދޫކޮށްގެންނެވެ.