އިޢުލާން: އެމްޑީޕީ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލުން

އެމްޑީޕީ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލުން

ލޯކަލް ކައުންސިލް އިންތިޚާބަށް ވީހާވެސް ތަޢްލީމީ އަދި ޚާއްޞަކޮށް، ސަރުކާރު ހިންގުމުގެ ތަޖްރިބާ ލިބިވަޑައިގެންފައި ތިއްބެވި ބޭފުޅުން ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ވިދާޅުވުމާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާގެ އެއިލްތިމާސަށް އިޖާބަ ދިނުމުގެ ގޮތުން، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިޚާބުތަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް، 10 އޮކްޓޯބަރު 2010 ން ފެށިގެން ހުޅުވާލި ފުރުޞަތު ބަންދުވާ ތާރީޚަކީ 24 އޮކްޓޯބަރ 2010ވާ އާދީއްތަ ދުވަސް ކަމުގައި ދަންނަވަމެވެ.
ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލުމާއި ބެހޭ މަޢުލޫމާތު މިޕާޓީގެ ރަސްމީ ވެބްސައިޓް mdp.org.mv ގެ އިތުރުން www.votemdp.com އިން ވެސް ލިބިވަޑައިގަންނަވާނެ ވާހަކަދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކެމްޕެއިން އޮފީސް (މ.ރެޑްގްރާސްގެ) ނަންބަރު 3307752 ފޯނާއި ނުވަތަ މިއޮފީހުގެ ނަންބަރު 3340044 ނަންބަރު ފޯނާ ގުޅުއްވުންއެދެމެވެ.
ފެކްސް: 3322960
އީމެއިލް: cc@votemdp.com
19 އޮކްޓޯބަރ 2010