އިއުލާން: MDP/2021/34 ދާއިރާތަކުގެ އިންތިޚާބު 2021 ގެ ރ. އިނގުރައިދޫ ދާއިރާގެ ވޯޓު އަލުން ނެގުމާއި، ތ. ގުރައިދޫ ދާއިރާގެ ދިޔަމިގިލީގެ ވޯޓު ނެގުން

ދާއިރާތަކުގެ އިންތިޚާބު 2021 ގެ ރ. އިނގުރައިދޫ ދާއިރާގެ ވޯޓާއި ގުޅޭ ޝަކުވާތައް، ޝަކުވާ ހުށަހަޅާ ކޮމިޓީން ބެލުމަށްފަހު ދީފައިވާ ލަފައަށް އިންތިޚާބާ ބެހޭ ކޮމިޓީން ރިއާޔަތް ކުރުމަށްފަހު އިންތިޚާބާ ބެހޭ ކޮމިޓީން ވަނީ އެ ދާއިރާގެ ވޯޓު އަލުން ނެގުމަށް ނިންމާފައެވެ.
އަދި އެވޯޓުލުން އޮންނާނީ، 23 އޮކްޓޯބަރ 2021 ވާ ހޮނިހިރު ދުވަހު ހެނދުނު 9.00 ން ހަވީރު 5.00 އަށް ކަމުގައިވެސް އެ ކޮމިޓީން ވަނީ ނިންމާފައެވެ. އެގޮތުން ވޯޓުލުން އޮންނާނީ، ރ. އިނގުރައިދޫ ދާއިރާގެ ފައިނު، އިނގުރައިދޫ، އިންނަމާދޫ، ކިނޮޅަސް އަދި ރަސްމާދޫ ސްކޫލް ގައެވެ.

މީގެ އިތުރުން، ކޮވިޑްގެ ހާލަތާ ގުޅިގެން 25 ސެޕްޓެމްބަރ 2021 ގައި ވޯޓުލުން ކުރިއަށް ނުގެންދެވުނު ތ. ގުރައިދޫ ދާއިރާގެ ދިޔަމިގިލީގައިވެސް 23 އޮކްޓޯބަރ 2021 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9.00 ން ހަވީރު 5.00 އަށް އެރަށު ސްކޫލްގައި ވޯޓުލުން ކުރިއަށް ދާނެއެވެ.

އިނގުރައިދޫ ދާއިރާ އަދި ތ. ގުރައިދޫ ދާއިރާގެ ދިޔަމިގިލީގެ ވޯޓުލުން މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެމް.ޑީ.ޕީގެ މައި ހަރުގޭގައެވެ. އަދި މާލޭގައި ބަހައްޓާ ތ. ގުރައިދޫ ދާއިރާގެ ވޯޓު ފޮށްޓަކީ ހަމައެކަނި އެދާއިރާގައި ހިމެނޭ ދިޔަމިގިލީގެ އެމް.ޑީ.ޕީ މެންބަރުންނަށް ވޯޓު ލުމަށް ބަހައްޓާ ފޮށްޓެއް ކަމުގައި ވެސް ދެންނެވީމެވެ. ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ.