ރައީސް މުޙައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ދިވެހިރައްޔިތުންގެ
ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.


އެމަނިކުފާނު މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައި އެނބުރި ރާއްޖެ ވަޑައިގެންފައި މިވަނީ 6 މޭ ގައި އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ޓެރަރިސްޓް ޙަމަލާއާގުޅިގެން ބޭސްފަރުވާކުރެއްވުމަށް ޖަރުމަނުވިލާތަށާއި އިނގިރޭސި ވިލާތަށް ވަޑައިގެން ހުންނެވުމަށް ފަހު ފުރަތަމަ ފަހަރަށެވެ.


ރައީސް މުޙައްމަދު ނަޝީދު އެނބުރި ވަޑައިގަތުމުން އެމަނިކުފާނަށް އެއާރޕޯރޓުން މަރުޙަބާ ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އީވާ ޢަބްދުﷲ އެ މަރުޙަބާ ދެންނެވުމުގައި ބައިވެރިވެވަޑައިގެންފައި ވެއެެވެ.