އ..ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް އަދި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އޮނަރަބަލް ޢަބްދުﷲ ޝާހިދަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަރުވާފައިވާތީ، އެމަނިކުފާނަށް ވަރަށް ހޫނު ތަޙްނިޔާއަކާއި މުބާރިކްބާދީއެއް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑ.ީ.ޕީ) އިން އަރިސްކުރަމެވެ.
އޮނަރަބަލް ޢަބްދުﷲ ޝާހިދަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު ރައީސުލްޖުމްހޫރިއްޔާ އަރުވާފައިވަނީ ދިވެހިރާއްޖޭގެ ޤަޢުމީ ދުވަހުގެ މުނާސަބަތު ފާހަގަކުރެއްވުމަށާއި ޚާއްޞަ އިނާމާއި ޝަރަފު އެރުއްވުމަށް ރޭގައި ބޭއްވެވި ޚާއްޞާ ޖަލްސާގައިއެވެ.
އެމަނިކުފާނަށް ޢިއްޒަތުގެ އެ ލަޤަބު އަރުވާފައިވަނީ އެމަނިކުފާނު އ..ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފައިވުމާއި އަދި ދުނިޔޭގެ ކުރިމަތީގައި ރާއްޖެއަށް އިޙްތިރާމާއި އިތުބާރު ހޯއްދަވައިދެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ އަގުވަޒަންކުރައްވައެވެ. އަދި އެމަނިކުފާނު ރާއްޖޭގެ ޚާރިޖިއްޔާއަށާއި ދައުލަތަށް ގިނަ އަހަރުތަކަކަށް ކޮށްދެއްވާފައިވާ، އަދި ކޮށްދެއްވަމުން ގެންދަވާ އަގުހުރި މަސައްކަތްޕުޅު ފާހަގަ ކުރައްވައެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދަށް ދައުތުން އަރުވާ އެންމެ މަތީ އެ ޝަރަފު ލިބިވަޑައިގަތުމާއި އަދި އ..ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެން އެ މުޙިއްމު ދައުރު ޤާބިލުކަމާއެކު އަދާކުރައްވަމުން ގެންދަވާކަމީ މި ޕާރޓީއަށް ވެސްލިބުނު ނުހަނު ބޮޑު ޝަރަފެކެވެ. މި ޕާރޓީން އެ މަނިކުފާނަށް ކާމިޔާބަށް އެދޭހިނދު ހެޔޮދުޢާ އަރިސްކުރަމެވެ.