އިއުލާން: MDP/2021/33 ދާއިރާތަކުގެ އިންތިޚާބު 2021 ގެ ރަސްމީ ނަތީޖާ

25 ސެޕްޓެމްބަރ 2021 ގައި ބޭއްވި، މިޕާޓީގެ ދާއިރާތަކުގެ އިންތިޚާބު 2021 ގެ ރަސްމީ ނަތީޖާ، އެމްޑީޕީގެ އިންތިޚާބުތަކާބެހޭ ޤަވައިދުގެ 44 ވަނަ މާއްދާގެ ދަށުން އިޢުލާނުކޮށް ޝާއިޢުކުރަމެވެ.

ދާއިރާތަކުގެ އިންތިޚާބު 2021 ގެ ރަސްމީ ނަތީޖާ

ތ.ގުރައިދޫ ދާއިރާ
ނަމަވެސް، ކޮވިޑް 19 ގެ ހާލަތަށް ބަލައި ތ. ދިޔަމިގިލީގައި ވޯޓުލުން ކުރިއަށް ގެންގޮސްފައި ނުވާތީ، މި އިއުލާނުގައި ތ. ގުރައިދޫ ދާއިރާގެ ރަސްމީ ނަތީޖާ ހިމަނާފައި ނުވާކަމުގައި ދަންނަވަމެވެ. 25 ސެޕްޓެމްބަރ 2021 ގައި މި ޕާޓީން ނެރުނު އިޢުލާނުގައި ދަންނަވާފައިވާނީ، ތ. ގުރައިދޫ ދާއިރާގެ ވަކި މަޤާމަކަށް ހޮވޭ ފަރާތާއި، އެ ފަރާތާ ވިދިގެން އެންމެ ގިނަ ވޯޓު ލިބުނު ފަރާތާ ދެމެދު އޮތް ފަރަޤަކީ، ތ.ދިޔަމިގިލީގައި ވޯޓުލީނަމަ، ނަތީޖާއަށް ބަދަލުއަންނާނެ ފަރަޤެއް ކަމުގައިވާ ނަމަ، ތ. ދިޔަމިގިލީގައި އޮތް ކޮވިޑްގެ ޙާލަތު ފިލުމުން، އެ ރަށުގައި (އަދި މާލޭ-ދިޔަމިގިލި މެންބަރުންގެ) ވޯޓު ނެގުން، ފަހުގެ ތާރީޚުގައި އޮންނާނެކަމަށެވެ.
މި ގޮތުން، ތ. ގުރައިދޫ ދާއިރާގެ ގުރައިދޫއާއި ގާދިއްފުއްޓާއި، އަދި އެ ދާއިރާގެ މާލޭ ފޮށީގެ ޖުމްލަ ނަތީޖާއަށް ބަލާއިރު، ތ.ދިޔަމިގިލީގައި 25 ސެޕްޓެމްބަރ 2021 ގައި ވޯޓުލީނަމަ، އާޚިރު ނަތީޖާއަށް ބަދަލުއަންނާނެ ވަރަށް، ދެ ކެންޑިޑޭޓުންގެ ދެމެދުގައި ހުރި ފަރަޤު، ހަނިވެފައިވާތީ، އިސްވެ ދެންނެވި މަގުން، ފަހުގެ ތާރީޚެއްގައި، ވޯޓު ނެގުން އޮންނާނެ ވާހަކަ ދެންނެވީމެވެ.

ރ.އިނގުރައިދޫ ދާއިރާގެ ނަތީޖާ
ހަމަ މިއާއެކު ރ.އިނގުރައިދޫ ދާއިރާގެ ބައެއް ވޯޓުފޮށި ގުނި ގޮތާމެދު ހުށަހެޅިފައިވާ ޝަކުވާތައް ބެލުމަށްފަހު ޝަކުވާ ބަލާ ކޮމިޓީން ނިންމާފަ ވަނީ އިނގުރައިދޫ ދާއިރާގެ ހުރިހާ ވޯޓު ފޮށްޓެއް އަލުން ގުނުމަށް ކަމަށްވާތީ، އެދާއިރާގެ ވެސް ރަސްމީ ނަތީޖާޝާއިޢުކޮށްފައި ނުވާނެކަމުގައި ދަންނަވަމެވެ.