އިއުލާން: MDP/2021/0029 ބައެއް މަރުކަޒުތަކުގައި ވޯޓުލުން 18:00 ހަމައަށް ކުރިއަށް ގެންދިއުން

މި ޕާޓީގެ ދާއިރާތަކުގެ އިންތިޚާބު 2021 ގެ ވޯޓުލުން، މިއަދު، 25 ސެޕްޓެމްބަރ 2021 ވީ ހޮނިހިރު ދުވަހު މުޅި ރާއްޖޭގައި ހިނގަމުންދާއިރު، ދިމާވި އެކިއެކި ސަބަބާ ހުރެ، ވޯޓު ނެގުން، މެންދުރު 12:00 ގެ ފަހުން ފެށުނު ތަންތަނުގެ ވޯޓު ލުން ނިމޭނީ 18:00 ގައެވެ.

ވީމާ، މި ނަންގަނެވުނު މަރުކަޒުތަކުގައި، ގަޑިން 17:00 ގައި، ކިޔޫގައި މީހަކު ނެތަސް، ބަންދުނުކޮށް 18:00 އާ ހަމައަށް ކުރިއަށް ގެންދާނެ ކަމުގައި ދެންނެވީމެވެ. އަދި މި ދެންނެވި މަރުކަޒުތަކުގައި، 18:00 ވާއިރު، ކިޔޫގައި މީހުން ތިބިނަމަ، އެ މީހުން ވޯޓުލައި ނިމެންދެން ކުރިއަށް ދާނެއެވެ.