އިއުލާނު: MDP/2021/0027 ތ.ގުރައިދޫ ދާއިރާގެ ވޯޓުލުމަށް އިޞްލާޙެއް

މިޕާޓީގެ ދާއިރާތަކުގެ އިންތިޚާބު 2021 ގެ ވޯޓުލުން، 25 ސެޕްޓެމްބަރ 2021 ގައި މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވިއަސް، ކޮވިޑް 19 ގެ ހާލަތަށް ބަލައި ތ. ދިޔަމިގިލީގައި ވޯޓު ނުލާނެ ވާހަކަ މިއަދު އިޢުލާނު ކޮށްފައިވާނެއެވެ.
މިއަދުގެ އިޢުލާނުގައި ދަންނަވާފައިވާނީ، އެ ދާއިރާގެ ގުރައިދޫއާއި ގާދިއްފުއްޓާއި، މި 2 ރަށުގައި އޮންނާނީ ޕްރޮވިންސް (މެދު ދެކުނު) ގެ މަގާމުތަކުގެ އިންތިޚާބު އެކަނި ކަމުގައެވެ.
ނަމަވެސް، މި މައްސަލައިގައި، އިންތިޚާބު ކޮމިޓީއަށް ހުށަހެޅުނު ޝަކުވާތައް ބެލުމަށް ފަހު، އިހުގައި ކޮމިޓީއިން ނިންމި ގޮތް މުރާޖަޢާކުރުމަށް ކަނޑައަޅައި، އެ ދާއިރާގެ ގުރައިދޫއާއި ގާދިއްފުށީގައި، ޕްރޮވިންސްގެ މަގާމުތަކަށް ވޯޓުލުމުގެ އިތުރުން، ދާއިރާގެ މަޤާމުތަކަށް ވޯޓުލުން ވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މިހެން މިކަން ބަދަލުވުމުން، ތ. ގުރައިދޫ ދާއިރާގެ ވަކި މަޤާމަކަށް ހޮވޭ ފަރާތާއި، އެ ފަރާތާ ވިދިގެން އެންމެ ގިނަ ވޯޓު ލިބުނު ފަރާތާ ދެމެދު އޮތް ފަރަޤަކީ، ތ.ދިޔަމިގިލީގައި ވޯޓުލީނަމަ، ނަތީޖާއަށް ބަދަލުއަންނާނެ ފަރަޤެއް ކަމުގައިވާ ނަމަ، ތ. ދިޔަމިގިލީގައި އޮތް ކޮވިޑްގެ ޙާލަތު ފިލުމުން، އެ ރަށުގައި ވޯޓު ނެގުން، ފަހުގެ ތާރީޚުގައި އޮންނާނެއެވެ.

އަދި ޕްރޮވިންސްގެ ވަކި މަޤާމަކަށް ހޮވޭ ފަރާތްތަކުގެ ދެމެދުގައި ވެސް މި ގޮތަށް ދިމާވެއްޖެ ނަމަ، ތ. ދިޔަމިގިލީގައި، ފަހުގެ ތާރީޚެއްގައި ވޯޓު ނެގުން އޮންނާނެ ކަމުގައި ދެންނެވީމެވެ.