އިއުލާނު: MDP/2021/0026 ތ.ގުރައިދޫ ދާއިރާގެ ވޯޓާ ބެހޭ

މިޕާޓިގެ ދާއިރާތަކުގެ އިންތިޚާބު 2021 ގެ ވޯޓުލުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައެވެ. އެހެންނަމަވެސް ކޮވިޑް 19 ގެ ހާލަތަށް ބަލައި ތ. ދިޔަމިގިލި ކައުންސިލް އާއި ކުރެވުނު މުއާމަލާތުގެ އަލީގައި އެރަށުގައި 25 ސެޕްޓެމްބަރ 2021 ވަނަ ދުވަހު ދާއިރާތަކުގެ އިންތިޚާބުގެ ވޯޓު ނުލާނެ ވާހަކަ ދަންނަވަމެވެ.

ތ. ދިޔަމިގިލި ހިމެނޭ ގުރައިދޫ ދާއިރާގެ އެހެން ރަށްތައް ކަމުގައިވާ ގުރައިދޫ އާއި ގާދިއްފުށީގައި އިންތިޚާބުގެ ވޯޓުލުން އޮންނާނެއެވެ. އެހެން ނަމަވެސް، އެ 2 ރަށުގައި އޮންނާނީ ހަމައެކަނި ގުރައިދޫ ދާއިރާ ހިމެނޭ ޕްރޮވިންސް (މެދު ދެކުނު) ގެ މަގާމުތަކުގެ އިންތިޚާބު އެކަނި ކަމުގައި ދެންނެވީމެވެ.