އިއުލާން : MDP/2021/0017 ކެންޑިޑޭޓުންގެ މަންދޫބުންނަށް ފުރުޞަތު ހުޅުވާލުން: 1 ސެޕްޓެމްބަރ 2021 – 9 ސެޕްޓެމްބަރ 2021 އަށް

ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބުން ހަމަޖެއްސުމަށް މިއަދު، 1 ސެޕްޓެމްބަރ 2021 ން ފެށިގެން 9 ސެޕްޓެމްބަރ 2021 (ބުރާސްފަތި) ދުވަހުގެ ނިޔަލަށް ފުރުޞަތު ހުޅުވާލައިފީމެވެ.

ކޮންމެ ވޯޓު ފޮށްޓަކަށް، ކޮންމެ ކެންޑިޑޭޓަކަށްވެސް ގިނަވެގެން 2 (ދޭއް) މަންދޫބުން ކަނޑައެޅިދާނެއެވެ.

ތިރީގައިވާ ތާވަލްގައި ހިމެނޭ ދާއިރާތައް ފިޔަވައި އެހެން ދާއިރާތަކުގައި ހިމެނޭ ކޮންމެ ރަށެއްގައި ބަހައްޓާނީ 1 (އެކެއް) ވޯޓު ފޮށްޓެވެ. އަދި، އެއިން ކޮންމެ ރަށެއްގެ ވޯޓަރުން ވޯޓުލުމަށް މާލޭގައި 1 (އެކެއް) ވޯޓު ފޮށި ބަހައްޓާނެއެވެ.
ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް އެދި ހުށަހަޅާ ފޯމު ހުށަހަޅާނީ، އޮންލައިންކޮށް ‘ގޫގްލް ފޯމް’ އިން ތިރީގައިވާ ލިންކު މެދުވެރިކޮށެވެ.

ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް އެދި ހުށަހަޅާ ފޯމު

މާލެ ސިޓީ ކޮންމެ ދާއިރާއެއްގައި 1 ފޮށި – ޖުމްލަ 15

އައްޑޫ ސިޓީ ކޮންމެ ދާއިރާއެއްގައި 1 ފޮށި – ޖުމްލަ 8

އައްޑޫ ސިޓީ / މާލެ ހުޅުދޫ ދާއިރާ 1 ފޮށި – ޖުމްލަ 1

އައްޑޫ ސިޓީ / މާލެ ފޭދޫ ދާއިރާ، މަރަދޫ ދާއިރާ 1 ފޮށި – ޖުމްލަ 1

އައްޑޫ ސިޓީ / މާލެ ހިތަދޫ އުތުރު، ހިތަދޫ މެދު ދާއިރާ 1 ފޮށި – ޖުމްލަ 1

އައްޑޫ ސިޓީ / މާލެ ހިތަދޫ ދެކުނު ދާއިރާ، މީދޫ ދާއިރާ 1 ފޮށި – ޖުމްލަ 1

ފުވައްމުލައް ސިޓީ ކޮންމެ ދާއިރާއެއްގައި، 1 ފޮށި – ޖުމްލަ 3

ފުވައްމުލައް ސިޓީ / މާލެ ފުވައްމުލައް އުތުރު، ފުވައްމުލައް މެދު، ފުވައްމުލައް ދެކުނު، 1 ފޮށި – ޖުމްލަ 1

ކުޅުދުއްފުށި ސިޓީ ކޮންމެ ދާއިރާއެއްގައި، 1 ފޮށި – ޖުމްލަ 2

ކުޅުދުއްފުށި ސިޓީ / މާލެ ކުޅުދުއްފުށި އުތުރު ދާއިރާ، ކުޅުދުއްފުށި ދެކުނު ދާއިރާ، 1 ފޮށި – ޖުމްލަ 1

ގދ. ތިނަދޫ ކޮންމެ ދާއިރާއެއްގައި 1 ފޮށި – ޖުމްލަ 2

ތިނަދޫ އުތުރު ދާއިރާ، ތިނަދޫ ދެކުނު ދާއިރާ 1 ފޮށި – ޖުމްލަ 1