އިއުލާން: MDP/2021/0016 ދާއިރާތަކުގެ އިންތިޚާބު 2021 އަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

26 އޯގަސްޓް 2021 ގައި މިޕާޓީގެ އިއުލާން ނަންބަރު: MDP/2021/0015 އާއިއެކު އާންމު ކޮށްފައިވާ މިޕާޓީގެ ދާއިރާތަކުގެ އިންތިޚާބު 2021 ގައި ވާދަކުރާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއަދު، 27 އޯގަސްޓް 2021 ހުކުރު ދުވަހުން ފެށިގެން 30 އޯގަސްޓް 2021 (ހޯމަ) ދުވަހާ ހަމައަށް ހުޅުވާލައިފީމެވެ.

ޝަކުވާ ބަލައިގަތުމުގެ ސުންގަޑި އަކީ ހޯމަ ދުވަހުގެ ހަވީރު 4.00 އެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ސިޓީގެ އަސްލު، އާދިއްތަ އަދި ހޯމަ ދުވަހުގެ ހެނދުނު 9.00 ން ހަވީރު 4.00 އަށް ސެކްރެޓޭރިއެޓްގެ 2 ވަނަ ފަންގިފިލާއިންނެވެ. އަދި އޮންލައިންކޮށް ހުށަހަޅުއްވާ ފަރާތްތަކަށް މިއަދުން ފެށިގެން ސުންގަޑި ހަމަވަންދެން mdp.dhaairaaelection2021@gmail.com އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުއްވޭނެއެވެ.

މިފުރުޞަތަކީ، 16 އޯގަސްޓް 2021 ގައި މިޕާޓީގެ އިއުލާން ނަންބަރު: MDP/2021/0013 އިން ހުޅުވާލި ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުއްވި ފަރާތްތަކަށް އެފަރާތްތަކުގެ ޝަކުވާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓު އާންމު ކުރިއިރު ހިމެނިފައި ނުވާ ފަރާތްތަކަށް ހުޅުވާލެވުނު ފުރުޞަތެއް ކަމުގައި ދެންނެވީމެވެ. އަދި މިއަދު މިހުޅުވާލި ފުރުޞަތުގެ ތެރޭގައި، ކުރިން ހުށަހަޅާފައި ނުވާ ޝަކުވާއަކާ ގުޅޭ ޝަކުވާއެއް (އައު ޝަކުވާ އެއް) ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

ދާއިރާތަކުގެ އިންތިޚާބު 2021 އަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓު ބެެއްލެވުމަށް މިލިންކަށް ފިތާލައްވާ