އެމްޑީޕީގެ އާންމު ޖަލްސާއެއް މިރޭ ހަރުގޭގައި އޮންނާނެ

18 އޮކްޓޯބަރ 2010

އެމްޑީޕީގެ އާންމު ޖަލްސާއެއް މިރޭ (18 އޮކްޓޯބަރ 2010 ވާ ހޯމަ ދުވަހުގެރޭ) އެމްޑީޕީގެ ހަރުގޭގައި އޮންނާނެކަމަށް އެޕާޓީން ބުނެފިއެވެ.
މިރޭ 9 ޖަހާއިރު ފެށޭ މި ޖަލްސާއަށް އެމްޑީޕީގެ ލޮބުވެތި މެންބަރުންނާއި އެޕާޓީއަށް ސަޕޯޓްކުރައްވާ ފަރާތްތަކާއި، ހެޔޮއެދިވަޑައިގަންނަވާ ފަރާތްތަކުން ބައިވެރިވެވަޑައިގެން ދެއްވުމަކީ އެމްޑީޕީގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެޕާޓިން ބުނެއެވެ.
މިރޭގެ ޖަލްސާއަކީ އެމްޑީޕީގެ ހަރުގޭގައި ޕެޓްރޯލް ބޮމެއް ގޮއްވާލައިގެން ހަރުގޭގެ އޮފީސް އިމާރާތުގެ ގުދަނެއްގައި ހުރި ގިނަ އަދަދެއްގެ ތަކެއްޗަށް ގެއްލުން ލިބުމަށްފަހު ޖަލްސާތައް މެދުކަނޑާލުމަށްފަހު ބާއްވާ ފުރަތަމަ ޖަލްސާއެވެ..