ހުސްވެފައިވާ މެންބަރުންގެ އަދަދު: 9 (ނުވައެއް)
ޝަރުޠު: އިސްތިއުނާފްގެ ފަނޑިޔާރު މަޖިލީހުގެ މެންބަރުންގެ ޝަރުޠަކީ، ޕާޓީގެ މެންބަރެއް ކަމުގައިވުން އަދި ޤައުމީ މަޖިލީހުގެ މެންބަރަކު ކަމުގައި ނުވުމެވެ.
އިސްތިއުނާފްގެ ފަނޑިޔާރުން މަޖިލީހުގެ ރައީސްގެ ޝަރުޠަކީ، ޕާޓީގެ މެންބަރެއްކަމުގައި ވުމުގެ އިތުރުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާހުރި ޤާނޫނީ ވަކީލެއްކަމުގައިވުމާއެކު އުމުރުން 35 އަހަރު ވެފައިވާ މީހަކު ކަމުގައި ވުމެވެ.
ކުރިމަތިލުމުގެ މުއްދަތު: 24 އޯގަސްޓް 2021 (އަންގާރަ) ދުވަހުގެ މެންދުރު 2:00 ގެ ކުރިން.
މެންބަރުކަމަށް ހުށަހަޅާނެ ގޮތް: ޕާޓީގެ ސެކްރެޓޭރިއެޓް މައި އޮފީހަށް ލިޔެކިޔުން ހުށަހަޅައިގެން ނުވަތަ ޕާޓީގެ އީމެއިލް secretariat@mdp.org.mv އަށް ލިޔެކިޔުން އީމެއިލް ކޮށްގެން.
ހުށަހަޅާންޖެހޭ ތަކެތި: މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީއާއެކު އެމީހެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، އެމީހެއްގެ ވަނަވަރު އެނގޭނޭ ލިޔުމަކާއި، ޤައުމީ މަޖިލީހުގެ 2 މެންބަރެއްގެ ތާއީދު އޮތްކަން އެނގޭނޭ ލިޔުން ހުށަހަޅާންވާނެއެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9.00 ން މެންދުރު 2.00 އާއި ހަމައަށް ގުޅުއްވާނީ 3340044 އާއެވެ.
21 އޯގަސްޓް 2021