އިއުލާން: MDP/2021/0013 ދާއިރާތަކުގެ އިންތިޚާބު 2021 އަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ލިސްޓު އާއްމު ކުރުން

މިޕާޓީގެ ދާއިރާތަކުގެ އިންތިޚާބު 2021 ގައި ވާދަކުރުމަށް 24 އެޕްރިލް 2021 ގައި ހުލުވާލުމާއި ގުޅިގެން ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން ޤައުމީ ހިންގާ ކޮމެޓީގެ ނިންމުމާއި އެއްގޮތަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ލިސްޓު އާންމު ކުރީމެވެ.

ކެންޑިޑޭޓް ލިސްޓް ބެއްލެވުމަށް މިލިންކަށް ފިތާލައްވާ

މިލިސްޓަށް ޝަކުވާ ހުށަހެޅުމަށް 19 އޯގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ
މެންދުރު 2:00 އާއި ހަމަށް ފުރުޞަތު ހުޅުވާލަމެވެ.

ޝަކުވާ ބަލައިގަތުމުގެ ސުންގަޑި އަކީ 19 އޯގަސްޓް 2021 ވާ (ބުރާސްފަތި) ދުވަހުގެ މެންދުރު 2:00 އެވެ. ޝަކުވާ ސިޓީގެ ހާޑްކޮޕީ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ގަޑީގައި (ހެންދުނު 9:00 އިން މެންދުރު 2:00 ) ސެކްރެޓޭރިއެޓް 2 ފަންގިފިލާއިންނެވެ. އަދި އީމެއިލުން ފޮނުއްވަން ބޭނުންފުޅުވާ ފަރާތްތަކުން mdp.dhaairaaelection2021@gmail.com އަށް އީމެއިލް ކުރެއްވުމުންވެސް ބަލައިގަނެވޭއެވެ.