މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އަސްލުތަކާއި، އުސޫލުތައް ނެގެހެއްޓުމަށް ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް ގޮވައިލެއްވި ގޮވާލެއްވުން ގަލޮޅު އުތުރު ދާއިރާއިން ތަކުރާރު ކުރުން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އަސްލުތަކާއި، އުސޫލުތައް ނެގެހެއްޓުމަށް ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް ގޮވައިލެއްވި ގޮވާލެއްވުން ގަލޮޅު އުތުރު ދާއިރާއިން ތަކުރާރު ކުރަމެވެ.

މިޕާޓީ ވުޖޫދު ކުރީ އިންސާނީ ޙައްޤުތަކާއި، ޢަދުލް އިންސާފުގެ ވަކާލާތުގައެވެ. އަބުރުވެރި، ތާހިރު ދިރިއުޅުމެއްގެ އުންމީދުގައެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އަދި މަޖިލިސް އިންތިޚާބުގައިވެސް އެމްޑީޕީއިން ވަކާލާތް ކުރީ، އަދި ރައްޔިތުން ވޯޓު ދިނީ އެކަންކަން ޙާސިލުކުރުމަށްޓަކައެވެ. 



އެގޮތުން ޑރ. އަފްރާޝީމް ޢަލީއާއި، ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަޙްމަދް ރިޟްވާން ޢަބްދުﷲއާއި، ޔާމިން ރަޝީދަށް ވީނުވީއެއް ހޯދައި، އެމަރުތަކުގެ ޙަޤީޤަތް ހޯދުމާއި، ރައީސް ޢަބްދުﷲ ޔާމިންގެ ޒަޢާމަތުގައި ހިންގާފައިވާ މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޮންޕެނީ (އެމް.އެމް.ޕީ.އާރް.ސީ)ގެ ވަރުގަދަ ޚިޔާނާތް، ބަލައި، ތަޙްޤީޤުކޮށް، ވަގަށްނެގި ފައިސާއާއި، ވަގުންވެސް އަތުކުރާނެކަމުގެ ވަޢުދައިގެންނެވެ.



އެހެންނަމަވެސް، އަދިވެސް އެއިންކަމެއްގެ ބައިވެރިޔަކުގެ މައްޗަށް ދައުވާ އުފުލި، ޝަރީޢަތް ހިންގާ، ޢުޤޫބާތް ދެވޭތަނެއް ނުފެނެއެވެ. އަދި މިއިން ކޮންމެ ވިޔާނުދާކަމެއްގެ ބައިވެރިންނާއި، ވާގިވެރިން، ފެންނަނީ މިނިވަންކަމާއެކު އުޅެނަގާ މަންޒަރެވެ. ބައެއް މީހުން ސިޔާސަތު އެކަށައެޅުމުގެ ބާރު ލިބިފައިވާ މަޤާމާއި، ޙައިސިއްޔަތުގައެވެ.


އެންމެ ފަހުން އައިސް، މޭ ހަވަނަ ދުވަހުގެ ރޭ ރައީސް މުޙައްމަދު ނަޝީދު އަވާހަރަކޮށްލަން މާލޭގެ މަޖީދީމަގުގައި ބޮމެއް އެވަނީ ގޮއްވައިލާފައެވެ. މި ހަމަލާއަށާއި، މި ފަދަ އަނިޔާވެރި ވިސްނުމަށް ވާގިވެރިވާ ފިކުރުގެ ވަކިތަކުން ދިވެހި އުންމަތް ސަލާމަތްކުރުމަށް އެކަށީގެންވާ މާނަހުރި މަސައްކަތެއް ވެވެމުންދޭ ބާވައޭ ސުވާލު އުފެދެއެވެ. 


އެމްޑީޕީއަށް ދިވެހި ރައްޔިތުން ވޯޓްދެނީ ގަށާފައި، އޮއްސާ ކޮންކުރީޓަކަށް ނޫނެވެ. ހެޔޮ ވެރިކަމަކަމާއި، އިންސާނީ ޙައްޤުތަކާއި، އިންސާފާއި، ޢަދުލަށެވެ. އެކަން ހަނދާނުން ކައްސާލުމުގެ ނަތީޖާ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ހިމެނޭގޮތުން ބޮޑު އަޣްލަބިއްޔަތު ޤަވާޢިދުން އެމްޑީޕީއިން ނަގަމުން އިހު އައި ތަންތަނުގެ ނަޖީތާއިން ފެނުކަން ފާހަގަކުރަމެވެ.

އެހެންކަމުން، އެމްޑީޕީގެ އަސްލުތަކާއި، އުސޫލުތަކަށް ރުޖޫޢަވުމަށް ރައީސް މުޙައްމަދު ނަޝީދު ގޮވާލެއްވި ގޮވާލެއްވުން ސަރުކާރުން ބަލައިގަނެ، އެގޮވާލެއްވުމަށް ސަރުކާރުން ޢަމަލީ ސިފަ ގެނައުމަށް އެމްޑީޕީ ގަލޮޅު އުތުރު ދާއިރާއިން ގޮވައިލަމެވެ.