18 އޮކްޓޯބަރ 2010
އެމްޑީޕީ މެދުހެންވޭރު ދާއިރާގެ ހިންގާކޮމިޓީގެ ފުރަތަމަ ބައްދަލުވުން ރޭ އެމްޑީޕީ ހަރުގޭގައި ބާއްވައިފިއެވެ..
މެދު ހެންވޭރު ދާއިރާގެ ރައީސް އަހުމަދު އަލީ ޖަލީލު ރިޔާސަތު ބެލެހެއްޓެވި މިފުރަތަމަ ބައްދަލުވުމުގައި ނައިބު ރައީސް އިބްރާހިމް ޝަމީމް، ސެކެޓްރީ އަޒުލިފާ އަބްދުލްއަޒީޒް، ސެކެޓްރީގެ ނާއިބު އަބްދުﷲ ރަފީއު، އޮގަނައިޒިންގް ސެކެޓްރީ އަލީ ވަހީދު ބައިވެރިވެވަޑައި ގެންނެވިއެވެ.
މެދުހެންވޭރުގެ އާއްމު ފަރުދުންގެ ދިރިއުޅުމުގެ ހާލަތު އޮޅުންފިލުވުމަށާއި ދިރިއުޅުމުގެ ފެންވަރު މިހާރަށްވުރެ ރަގަޅުކުރުމަށްޓަކައިި އެހީތެރިވުމުގެ ގޮތުން ހިންގިދާނެ އެކިއެކި ޙަރަކާތްތަކާއި ބެހޭގޮތުންނާއި، އެމް.ޑީ.ޕީ މެދުހެންވޭރު ދާއިރާ ހިންގުމަށް ފައިސާ ހޯދާނެގޮތްތަކާއި ބެހޭގޮތުންނާއި،އަދި ގޮފި ހެދުމާއި ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތްކުރުމާއި ބެހޭގޮތުން މިބައްދަލުވުމުގައ މަޝްވަރާކޮށްފައިވެއެވެ. މީގެ އިތުރުން ކުރިޔަށްއޮތް ލޯކަލް ކައުންސިލް އިލެކްޝަން އެމް.ޑީ.ޕީ އިން ކާމިޔާބު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި މިއިންތިޚާބު ކާމިޔާބުކުރުމަށް ކުރެވިދާނެ ކަންތައްތަކާމެދު ހިންގާ ކޮމެޓީގެ މެމްބަރުންގެ މެދުގައި ހިޔާލު ބަދަލުކުރެވުނެވެެ
މި ބައްދަލުވުމުގެ ފޮޓޯކަވަރޭޖްއަށްޓަކައި ފޮޓޯގްރާފަރ އަނދާއަށްް، އަދި އެހެންމެ ހަރުގޭގެ އިންތިޒާމްހަމަޖައްސުވައިދެއްވި ކަމަށްޓަކައި ސައީދު އަދި މަޖީދު ސޯ އަށް މެދުހެންވޭރު ދާއިރާއިން ހާއްސަ ޝުކުރެއްރައްދުކުރިއެވެ. .