އިޢުލާން: އެމްޑީޕީގެ ފަރާތުން އިނގިރޭސިވިލާތަށް އެއް މަސްދުވަހުގެ ތަމްރީން ދަތުރެއްގައި ފޮނުވާނޭ، ތިރީގައި މިވާ ޝަރުޠުތައް ފުރިހަމަވާ 2 ކެމްޕެއިން މެނޭޖަރުން ހޯދަން ބޭނުންވެއެވެ.
1. އެމްޑީޕީގެ މެމްބަރަކަށްވުން
2. އޯލެވެލް އިމްތިހާނުގެ އިނގިރޭސި އާއެކު 5 މާއްދާއިން c ގްރޭޑަށްވުރެ މަތިން ފާސްވެފައިވުމާއި އޭލެވެލް އިމްތިހާނުގެ 2 މާއްދާއިން ފާސްވެފައިވުން
3. ތަމްރީން ލިބުމަށްފަހު ވަޒީފާގެ އެއްބަސްވުމުގެ ދަށުން މިޕާޓީއަށް ޚިދުމަތްކުރުން 4. ކެމްޕެއިން މެނޭޖަރުކަމުގެ ޕްރޮފެޝަންގައި ކުރިޔަށް ދިއުމަށް ކަނޑައަޅާފައިވާ ފަރާތަކަށްވުން
މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 31 އޮކްޓޯބަރ 2010 ވާ އާދީއްތަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަކާއި އެކު އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ) އަށް ސިޓީ އާއި ވަނަވަރު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ފޯން:3340044، ފެކްސް 3322960، އީމެއިލް secretariat@mdp.org