އިއުލާން: MDP/2021/0012 ދާއިރާތަކުގެ އިންތިޚާބު 2021 ފަސްކުރާ ތާރީޚް ކަނޑައެޅުން

15 މެއި 2021 ގައި މިޕާޓީގެ ވެބްސައިޓްގައި އާންމު ކޮށްފައިވާ ނަންބަރު: MDP/2021/0011 އިއުލާނާ ޙަވާލާދީ ދަންނަވަމެވެ.

މިޕާޓީގެ ‘ދާއިރާތަކުގެ އިންތިޚާބު 2021’ ގެ ވޯޓުލުން ހަމަޖެހިފައިވާ ތާރީޚަކީ 25 ސެޕްޓެމްބަރ 2021 ވާ ހޮނިހިރު ދުވަސް ކަމުގައި ކަނޑައަޅައިފި ވާހަކަ ދެންނެވީމެވެ.

މިއިންތިޚާބުގައި ވާދަކުރެވޭނީ، އިންތިޚާބުގައި ވާދަކުރުމަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުން 8 މެއި 2021 ވީ ހޮނިހިރު ދުވަހުގެ ރޭ މެންދަމު 12:00 ގެ ކުރިން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ކަނޑައަޅާފައިވާ ޝަރުޠުތައް ހަމަވާ ފަރާތްތަކަށެވެ. ޝަރުޠު ހަމަވާ ކެންޑިޑޭޓުން ދެނެގަތުމަށްފަހު ކެންޑިޑޭޓުންގެ ލިސްޓް އިޢުލާނު ކުރާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.