އައްޑޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމާ ގުޅިގެން އައްޑޫއިން ރައީސަށް ޝުކުރު ދަންނަވައިފި

17 އޮކްޓޯބަރ 2010

އައްޑޫއަށް ސިޓީއެއްގެ ދަރަޖަ ސަރުކާރުން ހަމަޖައްސަވާ އެކަން ގެޒެޓުކުރެއްވުމާއިގުޅިގެން ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދަށް އައްޑޫއިން ޝުކުރުދަންނަވައިފިއެވެ.
އަދި ރައީސަށް ޝުކުރުދެންނެވުމަށްޓަކައި ހިތަދޫ ނަލަގޮފީގެ ފަރާތުން ދައުވަތުދެއްވައިގެން ހިތަދޫ ދެކުނު ދާއިރާއާއި ޖުމްލަކޮށް ހުރިހާދާއިރާއެއް ގުޅިގެން ޚާއްސަ ޖަލްސާއެއް އިންތިޒާމުކުރުމަށް ނިންމައިފިއެވެ. މިކަން އިޢުލާންކުރީ މިދިޔަ ހުކުރުދުވަހު ދެކުނު ޕްރޮވިންސްގެ ސ.ހިތަދޫ ނަލަހިތަދޫ ގޮފީގެ ހިންގާކޮމިޓީގެ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ގޮފި ހިންގާނެ ގަވާއިދެއް އެކުލަވާލުމާއިބެހޭ ގޮތުން ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ. އަދި މީގެ އިތުރުން ހިތަދޫ ދެކުނު ދާއިރާގެ ހިންގާކޮމިޓީއާއި ގުޅިގެން މިދާއިރާގައި ތިބި އެމްޑީޕީއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ޕާޓީއަށް ވަނުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ގޭގެއަށް ގޮސް ޕާޓިއަށް ވަނުމަށް އެދޭ ފޯމްފުރުމުގެ ސިލްސިލާއެއް ވީހާއަވަހަކަށް ފަށައި، މިމަމަހު ބޭއްވޭ ކޮންގްރެސް ފެށެންވާއިރަށް ގިނަ އަދަދަކަށް މެންބަރުން އިތުރުވޭތޯ ކުރެވެން ހުރިހާމަސައްކަތެއްކުރުމަށް އެއްބަސްވެވުނެވެ.
މީގެ އިތުރުން އެންމެފަހުން ބޭއްވި ފެންނަ ނުފެން ވޯޓުން ސިޓީއެއްހެދުމަށް ތާއީދުކުރިފަރާތްތަކަށް ނަލަހިތަދޫ ގޮފީގެ ފަރާތުން ޝުކުރު ދެންނެވުމުގެގޮތުން ހިތަދޫ ދެކުނު ދާއިރާގެ ހުރިހާގޮފިތަކުގެ ރައީސުންނާއި ޕާޓީއަށް ހެޔޮއެދޭ ފަރާތްތަކާއި
ގުޅިގެން އެކުވެރިކަންއާލާކޮށް ޕާޓީގެ ރޫޙު ވަރުގަދަކުރުމަށް ބޮނޑިބަތްކެޔުމެއް އިންތިޒާމުކުރުމަށް ވެސް މަޝްވަރާކުރެވުނެވެ.