ނިންމުން: MDP/2021/003 ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ ބޯޑަށް ރަށު ކައުންސިލްތަކުން މެންބަރެއް ހަމަޖެއްސުމާއި ބެހޭ ނިންމުން

ރަށު ކައުންސިލް ތަކުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް އައްޔަންކުރާ މެންބަރު ކަނޑައެޅުމަށް ޒޫމް މެދުވެރިކޮށް ޕާޓީގެ ސެކްރެޓޭރިއެޓް އާއި ޕާޓީ އަށް ނިސްބަތްވާ ރަށު ކައުންސިލަރުންނާއި އެކު 23 މެއި 2021 ވީ އާދިއްތަ ދުވަހުގެ ރޭ ބައްދަލުވުމެއް ވަނީ ބޭއްވިފައެވެ. ނަމަވެސް ޕާޓީއަށް ނިސްބަތްވާ ހުރިހާ ކައުންސިލަރުންނަށް ބައްދަލުވުމުގައި ބައިވެރިވެވިފައި ނުވުމާއިއެކު، ވަކި ކައުންސިލަރަކު ނުހޮވާ، މަގާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ބޭފުޅުން، ކުރިމަތިލުމަށް ދެވިފައިވާ މުއްދަތު 24 މެއި 2021 ގައި ހަމަވާތީ، ޝައުގުވެރިވާ ބޭފުޅުން ކުރިމަތިލުމަށް ސެކްރެޓޭރިއެޓުން އިލްތިމާސް ކުރެއްވިއެވެ. އަދި މެންބަރަކު އައްޔަން ކުރުމަށް ވޯޓު ނެގުން ހަމަޖެހިފައިވަނީ 12 ޖޫން 2021 ވާ ހޮނިހިރު ދުހަވު ކަމަށް ވުމާއިއެކު، މިތާރީޚުގެ ކުރިން އަލުން ބައްދަލުވުމެއް ބޭއްވުމަށް ނިންމުނެވެ.