ނިންމުން: MDP/2021/002 ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ ބޯޑަށް އަތޮޅު ކައުންސިލްތަކުން މެންބަރެއް ހަމަޖެއްސުމާއި ބެހޭ ނިންމުން

އަތޮޅު ކައުންސިލް ތަކުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް އައްޔަންކުރާ މެންބަރު ކަނޑައެޅުމަށް ޒޫމް މެދުވެރިކޮށް ޕާޓީގެ ސެކްރެޓޭރިއެޓް އާއި ޕާޓީ އަށް ނިސްބަތްވާ އަތޮޅު ކައުންސިލަރުންނާއި އެކު 23 މެއި 2021 ވީ އާދިއްތަ ދުވަހުގެ ރޭ ބޭއްވުނު ބައްދަލުވުމުގައި ނިންމިފައިވަނީ ނޫނު އަތޮޅު ކައުންސިލް ރައީސް އަލްފާޟިލް މުޙައްމަދު ބަޝީރު އައްޔަން ކުރުމަށެވެ. މުޙައްމަދު ބަޝީރު އެލް.ޖީ.އޭގެ ބޯޑަށް އައްޔަން ކުރުމަށް ނިންމެވީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޖުމްލަ 11 އަތޮޅު ކައުންސިލް ރައީސުންގެ އިއްތިފާޤުންނެވެ.