ނިންމުން: MDP/2021/001 ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ ބޯޑަށް ސިޓީ ކައުންސިލްތަކުން މެންބަރެއް ހަމަޖެއްސުމާއި ބެހޭ ނިންމުން

ސިޓީ ކައުންސިލް ތަކުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް އައްޔަންކުރާ މެންބަރު ކަނޑައެޅުމަށް ޒޫމް މެދުވެރިކޮށް ޕާޓީގެ ސެކްރެޓޭރިއެޓް އާއި ޕާޓީ އަށް ނިސްބަތްވާ 03 މޭޔަރުންނާއިއެކު 23 މެއި 2021 ވީ އާދިއްތަ ދުވަހުގެ ރޭ ބޭއްވުނު ބައްދަލުވުމުގައި ނިންމިފައިވަނީ ޕާޓީގެ 03 މޭޔަރުންގެ ތެރެއިން ފުވައްމުލަކު ސިޓީގެ މޭޔަރ އަލްފާޟިލް އިސްމާއިލް ރަފީޤް އައްޔަން ކުރުމަށެވެ. އިސްމާއިލް ރަފީޤް އެލް.ޖީ.އޭގެ ބޯޑަށް އައްޔަން ކުރުމަށް އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ މޭޔަރުން ތާޢީދުކުރެއްވިއެވެ.