މަތިދެކުނު ޕްރޮވިންސްގެ ގދ.ހޯނޑެއްދޫގައި އެމް.ޑީޕީ ދެގޮތްޕެއްގެ އިންތިޚާބް ބާއްވައިފި

17 އޮކްޓޯބަރ 2010

hondedhdhoo-gofi-450-x-338

މަތިދެކުނުޕްރޮވިންސް ގދ.ހޯނޑެއްދޫގައި އެމްޑީޕީ ދެގޮތްޕެއްގެ އިންތިޚާބް ބާއްވައިފިއެވެ. އިންތިޚާބް ބޭއްވި ދެގޮތްޕަކީ ޑިމޮކްރެޓްސް ގޮތްޕާއި މަސް ގޮތްޕެވެ. މަޑަވެލިދާއިރާގެ އެމްޑީޕީ ދާއިރާ އޮފީސް ކުރިމަތީގައި ބޭއްވި މިއިންތިޚާބުގައި މަސްގޮފީގެ ރައީސަކަށް ހޮވިވަޑައިގަތީ 29 ވޯޓާއިއެކު ގދ. ހޯނޑެއްދޫ ދަތުރުނާގެ އަލީ ހަސަންދީދީއެވެ. އަދި ނައިބު ރައީސަކަށް 29 ވޯޓާއިއެކު ހޮވިވަޑައިގަތި ގދ.ހޯނޑެއްދޫ މުރަކަ މުޙައްމަދު ޒާހިރުއެވެ. ޑިމޮކުރެޓްސް ގޮފީގެ ރައީސަކަށް 28 ވޯޓާއިއެކު ހޮވިވަޑައިގަތީ ގދ.ހޯނޑެއްދޫ ކެޔޮގަސްދޮށުގެ ފާތިމަތު ޝީރީންއެވެ. ނައިބް ރައީސަކަށް އިންތިޚާބްވެވަޑައިގަތީ ގދ. ހޯނދެއްދޫ ރަތަފަންދޫގޭ އައިޝަތުޒުމްރަތުއެވެ. މިދެގޮފީގެ އިތުރުން އެމްޑީޕީގެ 4 ގޮތްޕެއް ހޯނޑެއްދޫގައިވަނީ އުފައްދާފައެވެ. މީގެ އިތުރުން ގދ. މަޑަވެލީ އެމްޑީޕީ ފަސްފިޔަ ގޮތްޕާއި ރަންތަރި ގޮފި2 ގެ އިންތިޚާބްވެސް ވަނީ ބާއްވާފައެވެ.
ކުރިއަށްއޮތް އެމްޑީޕީ ކޮންގުރެސްގައި މަޑަވެލިދާއިރާގެ 12 ގޮފިން 12 މަންދޫބުން ތަމްސީލްކުރައްވާނެއެވެ. އަދި ދާއިރާ ހިންގާ ކޮމެޓީގެ 5 މެންބަރުންނާއި ދާއިރާ އިންތިޤާލީ އަންހެނުންގެ ކޮމެޓީގެ ރައީސާއާއެކު ޖުމްލަ 18 މަންދޫބުން ކޮންގްރެސްގައި ތަމްސީލްކުރައްވާނެއެވެ. މަޑަވެލިދާއިރާއަކީ އެމްޑީފީގެ މެންބަރުން އެންމެ ގިނަ އެއް ދާއިރާއެވެ. އަދި މިހާރުވެސް މަޑަވެލިދާއިރާއިން ގިނަ ބަޔަކު އެމްޑީޕީއާއި ގުޅެމުންދެއެވެ.