އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް އާއި ނައިބު ރައީސް ހޮވުމާއި ބެހޭ ދެންނެވުން

ސިޓީ ތަކުގެ އާއި ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް އާއި ނައިބު ރައީސް ހޮވުމުގައި ޢަމަލުކުރާނެގޮތް
– ސިޓީ އަދި ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ އިންތިޚާބުގެ ކެމްޕެއިން ޓީމާއި ރަށުގެ އެމް.ޑީ.ޕީ. ލީޑަރޝިޕް އަދި އިންތިޚާބުވި ކެންޑިޑޭޓުންގެ މެދުގައި ހޮވާ އެއް ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ވިޕް ލައިން ނެރުން.
– ރައީސް އަދި ނައިބު ރައީސް ނެގުމަށް ބާއްވާ ވޯޓަށް މިގޮތުން ހޮވޭ ފަރާތްނޫން އެހެން ފަރާތެއްގެ ނަން ހުށަނޭޅުން އަދި ވިޕް ލައިނާ އެއްގޮތަށް ޢަމަލުކުރުން.

މަތީގައި ދެންނެވިފައިވާ ގޮތަށް އެމް.ޑީ.ޕީ.ގެ ޓިކެޓުގައި އިންތިޚާބުވެފައިވާ އެންމެހައި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ޕާޓީގެ ސެކްރެޓޭރިއަޓްގެ ފަރާތުން އިލްތިމާސްކުރަމެވެ.