ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލް ގެ ނައިބުން ހޮވުމާއި ބެހޭ ދެންނެވުން

އަތޮޅު ކައުންސިލްގެ ނައިބު ރައީސް ހޮވުމުގައި ޢަމަލުކުރާނެގޮތް

– އިންތިހާބުވި ހުރިހާ އެމް.ޑީ.ޕީ. މެންބަރުންގެ ތެރެއިން އެކަމަށް ޝަޢުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއް ކެންޑިޑޭޓަކު ހޮވާ އެކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ވިޕް ލައިން ނެރުން.

– ނައިބު ރައީސް ނެގުމަށް ބާއްވާ ވޯޓަށް މިގޮތުން ހޮވޭ ފަރާތްނޫން އެހެން ފަރާތެއްގެ ނަން ހުށަނޭޅުން އަދި ވިޕް ލައިނާ އެއްގޮތަށް ޢަމަލުކުރުން.

ސިޓީ ކައުންސިލް/ރަށު ކައުންސިލްގެ ނައިބު ރައީސް ހޮވުމުގައި ޢަމަލުކުރާނެގޮތް

– ރަށު ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ޓީމާއި ރަށުގެ އެމް.ޑީ.ޕީ. ލީޑަރޝިޕް އަދި އިންތިޚާބުވި ކެންޑިޑޭޓުންގެ މެދުގައި ހޮވާ އެއް ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ވިޕް ލައިން ނެރުން.

– ނައިބުރައީސް ނެގުމަށް ބާއްވާ ވޯޓަށް މިގޮތުން ހޮވޭ ފަރާތް ނޫން އެހެން ފަރާތެއްގެ ނަން ހުށަނޭޅުން އަދި ވިޕް ލައިނާ އެއްގޮތަށް ޢަމަލުކުރުން.

މަތީގައި ދެންނެވިފައިވާ ގޮތަށް އެމް.ޑީ.ޕީ.ގެ ޓިކެތުގައި އިންތިޚާބުވެފައިވާ އެންމެހައި ކައުންސިލަރުންނަށް ޕާޓީގެ ސެކްރެޓޭރިއަޓްގެ ފަރާތުން އިލްތިމާސްކުރަމެވެ.