އެމްޑީޕީ އިހަވަންދޫ ދާއިރާގެ އިންތިޤާލީ އަންހެނުންގެ ކޮމިޓީ އިންތިޚާބުކޮށް ހިޔަނި މުއައްސިސުން އައްޔަން ކޮށްފި !

17 އޮކްޓޯބަރ 2010

މިމަހު 28 ން 30 ށް މާލޭގައި ބޭއްވުމަށް ހަމަޖައްސާފައިވާ އެމްޑީޕީގެ ކޮންގްރެސްގައި އެމްޑީޕީ އިހަވަންދޫ ދާއިރާގެ އިންތިޤާލީ އަންހެނުންގެ ކޮމިޓީގެ ފަރާތުން އިހަވަންދޫ ދާއިރާ ތަމްސީލްކުރާ ފަރާތް ކަނޑައެޅުން ތިލަދުންމަތީ އުތުރުބުރީ ރަށްތަކުގެ ތެރެއިން އެމް.ޑީ.ޕީގެ މެމްބަރުން އެންމެގިނަ އެއް ރަށް ކަމުގައިވާ އެއަތޮޅު އިހަވަންދޫ އެމް.ޑީ.ޕީ ހަރުގޭގައި ބާއްވައިފިއެވެ.
15 އޮކްޓޯބަރ 2010 ވީ ހުކުރު ދުވަހުގެ ރޭ 8.00ގައި ބޭއްވި މި ޖަލްސާގައި އިހަވަންދޫ އެމް.ޑީ.ޕީގެ ވަރަށް ގިނަ އަންހެން ބޭފުޅުން ބައިވެރިވެލެއްވިއެވެ. މިނިވަން މުވައްސަސާތަކަށް ނިސްބަތްވާ މެމްބަރުންނާއި އޮބްޒާވަރުން ހަރަކާތްތެރިވި މި އިންތިޚާބުގައި ވޯޓްނެގުން ކުރިއަށް ދިޔައީ ކަރުދާހުން ވޯޓްނަގާގޮތަށެވެ. ރައީސާގެ އިތުރުން ނާއިބު ރައީސާ، ސެކްރެޓަރީ، ސެކްރެޓަރީގެ ނައިބު އަދި އިންތިޒާމް ސެކްރެޓަރީ އިންތިޚާބު ކުރުން އޮތެވެ.
މިގޮތުން އެމްޑީޕީ އިހަވަންދޫ ދާއިރާގެ އިންތިޤާލީ އަންހެނުންގެ ކޮމިޓީގެ ރައީސާ އަކަށް ހޮވުނީ ހއ. އިހަވަންދޫ އަތަމާގޭ ރަޝީދާ ހަސަން އެވެ. ނައިބު ރައީސާ އަކަށް ހއ. އިހަވަންދޫ ބިންހިމަގޭ ޝަހީދާ ޢަލީ އިންތިޚާބުވިއިރު ސެކްރެޓަރީ އަކަށް ހޮވުނީ ހއ. އިހަވަންދޫ ބިންހިމަގޭ މާޝާ މުޙައްމަދު އެވެ. އަދި ސެކްރެޓަރީގެ ނައިބަކަށް އިންތިޚާބުވީ ހއ. އިހަވަންދޫ ރާނާގެ ހަސީނާ މޫސާ އެވެ. އިންތިޒާމް ސެކްރެޓަރީ އަކަށް ހޮވުނީ ހއ. އިހަވަންދޫ ވައިލެޓްވިލާ ޚަދީޖާ އަބޫބަކުރެވެ.
މިއިންތިޚާބު ނިމުމުން މިހާރުވަނީ އިހަވަންދޫ ދާއިރާއިން ކޮންގްރެސް ތަމްސީލްކުރާ ހުރިހާފަރާތެއް ކަނޑައެޅި ނިމިފައެވެ. އެގޮތުން އިހަވަންދޫ ދާއިރާ ތަމްސީލް ކުރާނެ ފަރާތްތަކަކީ ދާއިރާގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަޙުމަދު ޢަބުދުﷲ އާއި، ދާއިރާގެ ނައިބު ރައީސް އަދި އިހަވަންދޫ ކައުންސިލަރ މުޙައްމަދު ރަޝީދު، ރާނާގެ ހއ. އިހަވަންދޫ އާއި ދާއިރާގެ ސެކެޓެރީ އަޙުމަދު ޝާހިދު ރަޙުމާނިއްޔާ. ހއ. އިހަވަންދޫ އާއި ދާއިރާގެ ސެކެޓެރީގެ ނައިބު މުޙައްމަދު ޢަބުދުލް ލަޠީފް (ބޭބެ) ބީޗްވިލާ . ހއ. އިހަވަންދޫ އާއި ދާއިރާގެ އިންތިޒާމް ސެކެޓެރީ ހުސެއިން މުޙައްމަދު (އަންބަރީ ދޮންބެ) އަންބަރީގެ ހއ. އިހަވަންދޫ އަދި އެމްޑީޕީ އިހަވަންދޫ ދާއިރާގެ އިންތިޤާލީ އަންހެނުންގެ ކޮމިޓީގެ ރައީސާ ހއ. އިހަވަންދޫ އަތަމާގޭ ރަޝީދާ ހަސަން އެވެ.އެވެ.
މި ޖަލްސާގައި ދެންއޮތީ ހިޔަނި މުއައްސިސުން އައްޔަން ކުރުމާއި އެފަރާތްތަކާއި މަސްއޫލިޔަތުތައް ޙަވާލުކުރުމެވެ. އިހަވަންދޫގައި އުފެދިފައިހުރި މުވައްސަސާތަކުގެ ތެރެއިން، އިހަވަންދޫ އޮފީސް، އިހަވަންދޫ ސްކޫލް، އިހަވަންދޫ ޕޮލިސް ސްޓޭޝަން، އިހަވަންދޫ އިންޖީނުގެ އަދި އިހަވަންދޫ ސިއްޚީ މަރުކަޒު، ޖުމްލަކޮށް މި މުވައްސަސާތަކަށް ފާރަވެރިވެ، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމަށް ބާރު އެޅުމާއި، މުވައްސަސާތަކަށް ދިމާވެފައިވާ ދަތިތައްބަލައި، ސަރުކާރާއި ގުޅިގެން އެކަންތައް ހައްލުކުރުމަށް އެހީވެދިނުން މި ބޭފުޅުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.
އިހަވަންދޫ ދާއިރާއަށް މެމްބަރުން އައްޔަންވުމަށްފަހު، އިހަވަންދޫ ދާއިރާ ހަރުދަނާ ކުރުމަށާއި މެމްބަރުން އިތުރުކުރުމަށް އަންނަނީ ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އިހަވަންދޫ ޑީ.އާރު.ޕީގެ ރައީސް އާއި އިތުރު ޑީ.އާރު.ޕީގެ 12 މެމްބަރުން އެމް.ޑީ.ޕީ އަށް ސޮއިކުރުން ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްފައިވެއެވެ.
ވަރަށް އަވަހަށް، އިހަވަންދޫގައި އުފެދިފައިވާ އެމް.ޑީ.ޕީ ގޮފިތަކަށް އަލުން ހިންގާކޮމެޓީ އައްޔަންކޮށް އިންތިޚަބުތަކެއް ބާއްވަން ތައްޔާރުވަމުން އަންނަކަމުގައި އިހަވަންދޫ ދާއިރާގެ މީޑިއާ ކޯޑިނޭޓަރ އަޙުމަދު ޝާހިދު މަޢުލޫމާތުދެއެވެ. ރޭގެ ޖަލްސާގައި، އެމްޑީޕީ އިހަވަންދޫ ދާއިރާގެ ހިންގާކޮމިޓީގެ މެންބަރުންގެ އިތުރުން ޕާޓީގެ އިސް ހަރަކާތްތެރިންނާއި އިހަވަންދޫގެ ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވެލެއްވިއެވެ.
އިހަވަންދޫގެ އެމް.ޑީ.ޕީ މެމްބަރުންގެ ޖުމްލަ ޢަދަދަކީ 564 އެވެ.