ފޮނަދޫ ދާއިރާއިން ނެރޭ ނޫސްބަޔާން

ރައްޔިތުން މަޖިލީގެ ރައީސް އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ‏ހަށިކޮޅަށް އަމާޒުކޮށް ދެވުނު ޓެރަރިޜަމް ހަމަލާ ކުށްވެރިކުކޮށް ފޮނާދޫ ދާއިރާގެ ރައީސް ނެރޭ ނޫސްބަޔާން
6 މެއި ގެ އިރާކޮޅުގެ ވަގުތެއްގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރާއީސް އަދި ރައްޔިތުން މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަމާޒުކޮށް އެމަނިކްފާނަށް ދިން ޓެރަރިޒަމްގެ ނުރައްކާތެރި ހަމަލާ ފޮނަދޫ ދާއިރާގެ ދެރަށް ކަމުގައިވާ ލ.ފޮނަދޫ، ލ.މާމެންދޫގެ އެއްމެހާ ރައްޔިތުންގެ ނަމުގަ އާއި އަޅުގަނޑު އަމިއްލަ ނަމުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.
މި އަނިޔާވެރި ހަމަލާގައި ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް ލިބުނު އަނިޔާ އާއި މި ހަމަލާގައި އަނިޔާ ލިބުނު އެންމެހާ ފަރާތްތަކަށް މާތް ﷲ ވާގި ފުޅާއި އެކު އަވަސް ޝިފާއެއް އެދެމެވެ.
މި ލާއިންސާނީ އަމަލު ރަވާ ހިންގި ހުރިހާ ފަރާތް ތަކެއް ހޯދާ، އިންސާފް ވީ އެންމެ އަވަހަކަށް ހޯދާ ދެއްވުން ދަޢުލަތުގެ އެންމެހާ މުޢައްސަސާތަކަށް އިލްތިމާސް ކުރަމެވެ. މި ކަމުގައި އަވަސް ހައްލެއް ނުހޯދިއްޖެނަމަ މިފަދަ އަނިޔާވެރި އަމަލުތައް ތަކުރާރުވެ މި ޤައުމަކީވެސް އަފްޣާނިސްތާނު ފަދަ ޤައުމަކަށް ވެގެން ދިޔުމުގެ ބިރު އޮތް ވާހަކަ ނުހަނު ހިތާމައާއި އެކު ދަންނަވަމެވެ.
26 ރަމަޟާން 1442
8 މެއި 2021

ޙުސައިން އިސްމާއީލް
ފޮނަދޫ ދާއިރާގެ ރައީސް