ގުރައިދޫ ދާއިރާއިން ނެރޭ ނޫސްބަޔާން

ކ.ގުރައިދޫ ދާއިރާ
ކ.ގުރައިދޫ

އެމް.ޑީ.ޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީސްގެ ރައީސް މުޙަންމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ނިރުބަވެރި ހަމަލާ ކުށްވެރިކޮށް ކ.ގުރައިދޫ ދާއިރާއިންނެރޭ ނޫސްބަޔާން.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މިޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ނުރައްކާތެރި ޓެރަރިޒަމްގެ ހަމަލާ ގުރައިދޫ ދާއިރާގެ ގުޅި، ގުރައިދޫ އަދި މާފުށީ އެމް.ޑީ.ޕީ މެންބަރުންގެ ނަމުގައި އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކުރަން
މި ނާތަހުޒީބު ނުރައްކާތެރި ޓެރަރިޒަމްގެ ހަމަލާ ރާވައި ހިންގި ފަރާތްތަކާއި މިހަމަލާ ހިންގުމަށް ހިތްވަރުދިން ފަރާތްތައް ހޯދައި ހައްޤު އަދަބު ދިނުމަށް ގުރައިދޫ ދާއިރާގެ އެމް.ޑީ.ޕީ މެންބަރުންގެ ނަމުގައި ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކުގެ ވެރިންނަށް ގޮވާލަން
ގުރައިދޫ ދާއިރާގެ މެންބަރުންގެ ހިތުގެ އިޚްލާސްތެރި ދުއާ އަކީ މާތްﷲ ރައީސް ނަޝީދާއި މިނުރައްކާތެރި ހަމަލާގައި އަނިޔާވި އެންމެ ބޭފުޅުންނަށް އަވަސް ޝިފާއެއްދެއްވައި އެފަރާތްތަކުގެ އާއިލާތަކަށް ކެތްތެރިކަން ދެއްވުން. އާމީން

25 ރަމަޟާން 1442
07 މެއި 2021

ހުސެއިން އަމްރު
ގުރައިދޫ ދާއިރާގެ ރައީސް