އެމްޑީޕީ ގަމު ދާއިރާގެ އޮފީސް
ލ. ގަން، ދިވެހި ރާއްޖެ
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން
ޓެރަރިޒަމްގެ ހަމަލާ ކުށްވެރިކުރުން
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް 2021 މޭ 6 ވަނަ ދުވަހު މާލޭގައި ދިން ޓެރަރިޒަމްގެ ހަމަލާ، އެމްޑީޕީ ގަމުދާއިރާގެ މެންބަރުންގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި، މި ހަމަލާއާ ގުޅޭ ތަހުގީގު އަވަސްކޮށް، މިކަމުގައި ބައިވެރިވާ އެންމެހާ ފަރާތްތައް ގާނޫނު ތަންދޭ އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލަމެވެ.
މިއީ ހަމައެކަނި ރައީސް މުހައްމަދު ނަޝީދަށް ދެވުނު ހަމަލާއެއްގެ އިތުރުން ގަމުދާއިރާގެ އެންމެހާ މެންބަރުންނަށް ދެވުނު ހަމަލާއެކެވެ. ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށާއި އިގުތިސޯދަށް ދިން ހަމަލާއެކެވެ.
މި ހިތްދަތި ދަނޑިވަޅުގައި، ގަމު ދާއިރާގެ މެންބަރުން އެދެނީ ރައީސް މުހައްމަދު ނަޝީދަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމެވެ.
7 މޭ 2021
މުހައްމދު ޝިޔާމް
ގަމުދާއިރާގެ ރައީސް