އެމްޑީޕީ އިހަވަންދޫ ދާއިރާއިން ނެރޭ ނޫސްބަޔާން

IHV-MDP /2021/01

ރައްޔިތުންގެ މަޖިލިސްގެ ރައީސް، ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމް.ޑީ.ޕީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް، 6 މެއި 2021 ވަނަ ދުވަހުގެ ރޭ ދެވުނު ޓެރަރިޒަމްގެ ހަމަލާ، އެމް.ޑީ.ޕީ އިހަވަންދޫ ދާއިރާއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.
ރައީސް ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށް ދެވުނު މި ދަށުދަރާޖާގެ ނާތަހުޒީބު އަދި ނުރައްކާތެރި ހަމަލާގެ މައްސަލާގައި ދައުލާތުގެ އިދާރާތަކުން އަވަސް ފިޔަވަޅުއަޅައި، މި ޖަރީމާ ރާވާ، ހިނގި ފަރާތްތަކައި، ގޮތްތަކުގެ މައްޗަށް ހަރުދަނާ ތަޙުޤީގެއް ހިންގުމަށް، ދައުލަތުގެ ހުރިހާ ވަޞީލަތެއް ބޭނުންކޮށްގެން ހިންގައި ދިނުމަށް ދިވެހި ސަލާމަތީ ޚިދުމަތްތަކަށް ގޮވާލަމެވެ. އަދި މިފަދަ ޓެރަރިސްޓު ހަމަލާތަށް ތަޙުޤީޤުކުރާ ބޭރުގެ ފަންނީ މާހިރުންގެ ލަފަޔާ އިރުޝާދުގެ ބޭނުން އެއްމެ ފުރިހަމަ މާނައިގައި ހިފުމަށްވެސް ސަލާމަތީ ޚިދުމަތްތަކަށައި ސަރުކާރަށް އިލްތިމާސް ކުރަމެވެ. ރައްޔިތުންގެ މެދުގައި އެމަނިކުފާނައި މެދު ރުޅިވެރިކަން އުފައްދާ ފިތުނަވެރި ބަސްތަކުން ރައްޔިތުން ޖަޒުބާތު ކުރުވާ މީސްމީޑިއާގެ ޕްލެޓްފޯމްތަކުގައި މި ޕާރޓީގެ ރައީސްގެ ފުރާނައަށް ނުރައްކާ ކުރުމަށް ހިތްވަރުދީ ޖެހޭ ޕޯސްޓުތަކައި މެދު ފާރަވެރިވެ އެފަދަ ކަންކަމައިމެދު ތަހުޤގީޤު ހިންގުމަށްވެސް ގޮވާލަމެވެ.
ރާއްޖޭގެ ރައްޔިތުންނަށް އިހުސާންތެރިވެ އޯގަތެރިކަމާއި އެކު ދީލަތި އެހީތެރިކަން ފޯރުކޮށްދީ، އިޖުތިމާއީ ބަލިމަޑުކަމުގެ ކަސްތޮޅުން ނައްޓުވާ ރައްކާތެރި ރައްޔިތެއްގެ ޤާނުނީ ބެލެނިވެރިކަން ހޯދައްދެއްވި ރައްޔިތުންގެ ލޯތްބާއި އިޚުތިރާމް ލިބިފައިވާ، މި ޕާރޓީގެ ރައީސް މުޙައްމަދު ނަޝީދަކީ، އިޤުތިސާދީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން ގާއިމްކުރުމަށައި، ކޮރަޕްޝަނާއި ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރެއްވުމުގައި ހިތްވަރުފުޅު ބަލިވުމެއްނެތި ދެމިހުންނެވި އަދި މިފަދަ ފިނޑި ހަމަލާއެއްގެ ބިރުވެރިކަމަށް ދީލާލާނެ ބޭފުޅެއް ނޫންކަމަށް ވީއިރު، އެމަނިކުފާނަށް ދެވުނު މި ލާއިންސާނީ ހަމަލާއަކީ ސީދާ ދިވެހި ރައްޔިތުންނަށް އަމާޒުކޮށް ދެވުނު ހަމަލާއެކެވެ.
އިހަވަންދޫ ދާއިރާގެ އިހަވަންދޫ، މާރަންދޫ އަދި މޮޅަދޫގެ އެއްމެހާ ރައްޔިތުންގެ އިޚުލާސްތެރި ދުޢާއަކީ މާތްﷲ ރައީސް މުޙައްމަދު ނަޝީދަށް އަވަސް ޝިފާއެއް މިންވަރު ކުރެއވުމެވެ. އަދި މިހަމަލާގައި އަނިޔާވި އެއްމެހާ ބޭފުޅުންނަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުމެވެ.
07 މެއި 2021

މުޙައްމަދު ރަޝީދު
އިހަވަންދޫ ދާއިރާ ރައީސް