އެމްޑީޕީ ނޮޅިވަރަމް ދާއިރާއިން ނެރޭ ނޫސްބަޔާން

އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ ކުއްވެރިކުރުން.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަދި ރައްޔިތުންމަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް 6 މެއި 2021 ދުވަހުގެރޭގެ ވަގުތެއްގައި، ގޮވާ އެއްޗެއް ބޭނުންކޮށްގެން ދީފައިވާ ޓެރަރިޒަމްގެ ހަމަލާ އެމްޑީޕީ ނޮޅިވަރަމް ދާއިރާގެ މެންބަރުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ.

އަދި މިހަމަލާ ދިނުމުގައި ޒިންމާވާ އެންމެހާ ފަރާތްތައް ހޯދާ އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކަމާގުޅުންހުރި ހުރިހާ ފަރާތްތަކަށް ގޮވާލަމެވެ.

މިދާއިރާގެ އެންމެހާ މެމްބަރުން އަދި އަޅުގަނޑުގެ ދުޢާއަކީ، ރައީސް މުޙައްމަދު ނަޝީދަށް އަދި މިހަމަލާގައި އެކި އެކި އަނިޔާތައް ލިބުނު ހުރިހާ ފަރާތްތަކަށް އަވަސް ޝިފާއެއް މާތްﷲ މިންވަރުކުރެއްވުމެވެ.

އިބްރާހީމް ވަހީދު​
ނޮޅިވަރަމް ދާއިރާގެ ރައީސް