އެމް.ޑީ.ޕީ ކެނދިކުޅުދޫ ދާއިރާއިން ނެރޭ ނޫސްބަޔާން

އެމް.ޑީ.ޕީ ގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދެވުނު ނިރުބަވެރި ހަމަލާ ކުއްވެރިކުރުން.

އެމް.ޑީ.ޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދެވުނު ޓެރަރިޒަމުގެ ހަމަލާ އެންމެ ހަރުކަށި އިބާރާތުން އެމް.ޑީ.ޕީ ކެނދިކުޅުދޫ ދާއިރާގެ ފަރާތުން ކުއްވެރި ކުރަމެވެ.
ރައީސް ނަޝީދުގެ ހަށިކޮޅަށް ގެއްލުންދީ، އެމަނިކުފާން ކުރައްވަމުން އަންނަ މަސައްކަތްޕުޅު ހުއްޓުވިދާނެ ކަމަށް ދެކުމަކީ ކުރެވޭ ވަރަށް ބޮޑު ކުއްހީއެކަށް ނޫނީ ނުވާނެއެވެ. މި ދާއިރާއާއި އަދި މުޅި އެމްޑީޕީ ޖުމުލަ ގޮތެއްގައި މިތިބީ އެމަނިކުފާން ކުރައްވަމުންދާ މަސައްކަތުގައި އެމަނިކުފާނާއި އެކު ސާބިތުވެ ކުރިއަށް ދިއުމަށެވެ. މި ޓެރަރިޒަމުގެ އަނިޔާވެރި އަމަލު ހިންގި ފަރާތްތަކާއި މިކަމުގައި ބައިވެރިވެފައިވާ އެންމެހާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދިނުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލަމެވެ.
މާތް الله ރައީސް ނަޝީދަށާއި މި ހަމަލާގައި އަނިޔާ ލިބުނު އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި ރައްކާތެރިކަން ދެއްވުން އެދި ދުއާކުރަމެވެ.
06 މެއި 2021

​​​​​​​​​​މުޙައްމަދު އީމާން

​​​​​​​​​އެމް.ޑީ.ޕީ ކެނދިކުޅުދޫ ދާއިރާ ރައީސް