އެމްޑީޕީ ކުރެންދޫ ދާއިރާއިން ނެރޭ ނޫސް ބަޔާން

ދިވެހިރައްޔިތުންގެ ޑިމޮކުރެޓިކް ޕާޓީ
ޅ.ކުރެންދޫ ދާއިރާގެ އޮފީސް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް، އަދި ރައްޔިތުން މަޒިލީސްގެ ރައީސް މުޙުއްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ ކުށްވެރިކުރުން.

މާލޭގައި 06 މެއި 2021 ވަނަ ދުވަހުގެ ރޭގެ ވަގުއްތެއްގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް، އަދި ރައްޔިތުން މަޒިލީސްގެ ރައީސް މުޙުއްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލުމަށް ދިން ޓެރަރިސްތް ހަމަލާ އެންމެ ހަރުކަށި އިބާރާތުން އެމް.ޑީ.ޕީ ކުރެންދޫ ދާއިރާއިން ކުއްވެރިކުރަމެވެ. މިނުރައްކާތެރި ޓްރަރިސްޓް ހަމަލާ މިހާރުން މިހާރަށް ތަޙްޤީޤުކޮށް އެކަމުގައި ސާމިލުވާ އެމްމެހައި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް މި ދާއިރާއިން ގޮވާލަމެވެ. އަޅުގަނޑުމެންގެ ދުޢާ އަކީ ، މި ޓްރަރިސްޓް ހަމަލާގައި އަނިޔާވި ރައީސް މުޙައްމަދު ނަޝީދަށް އަދި އެމަނިކުފާންގެ ސެކުޔުރިޓީ އަށް އަވަސް ސިފާއެއް މިންވަރުކުރެއްވުމެވެ.

06 މެއި 2021

އަޙްމަދު އިބްރާހީމް

ކުރެންދޫ ދާއިރާގެ ރައީސް