އެމްޑީޕީ ތިނަދޫ ދެކުނު ދާއިރާއިން ނެރޭ ނޫސްބަޔާން

އެމްޑީޕީ ތިނަދޫ ދެކުނު ދާއިރާ
Q02 /ގދ. ތިނަދޫ

MDPTDD-01/2021:ނަންބަރ

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް
އަމާޒުކޮށް ދިން ނިބުރުވެރި ޙަމަލާ ކުށްވެރިކުރުން
ރައްޔިތުންގެ މަޖްލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް
އަމާޒުކޮށް ދީފައިވާ ނިރުބަވެރި ޙަމަލާ ގދ. ތިނަދޫ ދެކުނު ދާއިރާއިން އެންމެ ހަރުކަށި ޢިބާރާތުން
ކުށްވެރި ކުރަމެވެ. ދިވެހި ރާއްޖޭގެ ޑިމޮކްރަސީ އަށާއި، އިޤްތިޞާދަށް ސީދާ އަސަރު ކުރާނޭ ކަމަކަށް
މި ނުރައްކާތެރި ޙަމަލާ ވީހިނދު، މިއީ އެންމެހާ ދިވެހި ރައްޔިތުންނަށް ދިން ގެއްލުން އިންތިހާބޮޑު
އަނިޔާއެއް ކަމުގައި ދެކެމެވެ.

އެހެން ކަމުން މިފަދަ ކަންކަމަށް ފަސްގަނޑުން ޖާގަ ނުދިނުމަށްޓަކައި އަދި މިޤައުމު އަމާން ކަމާއި،
ސަލާމަތްތެރި ކަމާއި، ރައްކާތެރިކަން ކަށަވަރު ވެފައިވާ ޤައުމެއްގެ ގޮތުގައި ބޭއްވުމަށްޓަކައި، އެ
ޖާހިލު، ޖެހިލުން ކުޑަ ފިނޑި ޢަމަލު ތަޙުޤިގުކޮށް އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ހަރުކަށި އަދަބު
ދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލަމެވެ. އަދި ރައީސް މުޙައްމަދު ނަޝީދަށް އަވަސް
ޝިފާއެއް މިންވަރު ކުރެއްވުން އެދި ދުޢާކުރަމެވެ.
25 ރަމަޟާން 1442

ޒިފްލީނާ ޙަސަން
ތިނަދޫ ދެކުނު ދާއިރާގެ ރައީސް