ވިލިފުށި ދާއިރާއިން ނެރޭ ނޫސްބަޔާން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މިޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ނުރައްކާތެރި ޓެރަރިޒަމްގެ ހަމަލާ އަޅުގަނޑު އަމިއްލަ ނަމުގައި އާއި ވިލުފުށި ދާއިރާގެ ބުރުނި، ވިލުފުށި އަދި މަޑިފުށީގެ މިޕާޓީގެ ލޮބުވެތި މެންބަރުންގެ ނަމުގައި އެންމެ ހަށުކަށި އިބާރާތުން ކުއްވެރިކުރަމެވެ.
މި ނާތަހުޒީބު ނުރައްކާތެރި ޓެރަރިޒަމްގެ ހަމަލާ ރާވައި ހިންގި ފަރާތްތަކާއި މިހަމަލާ ހިންގުމަށް ހިތްވަރުދިން ފަރާތްތައް ހޯދައި ހައްޤު އަދަބު ދިނުމަށް ވިލުފުށި ދާއިރާގެ މެންބަރުންގެ ނަމުގައި ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކުގެ ވެރިންނަށް ގޮވާލަން
ވިލުފުށި ދާއިރާގެ މެންބަރުންގެ ހިތުގެ އިޚްލާސްތެރި ދުއާ އަކީ މާތްﷲ ރައީސް ނަޝީދާއި މިނުރައްކާތެރި ހަމަލާގައި އަނިޔާވި އެންމެ ބޭފުޅުންނަށް އަވަސް ޝިފާއެއްދެއްވައި އެފަރާތްތަކުގެ އާއިލާއަށް ކެއްތެރިކަން ދެއްވުން. އާމީން
25 ރަމަޟާން 1442
07 މެއި 2021

ވިލުފުށި ދާއިރާގެ ރައީސް
އިސްމާއީލް ރަޝީދު ޤާސިމް