އެމް.ޑީ.ޕީ ވެލިދޫ ދާއިރާއިން ނެރޭ ނޫސް ބަޔާން

MDPVD-001-2021

އެމް.ޑީ.ޕީ ރައީސް އަދި ރައްޔިތުންގެ މަޖްލިސްގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދީފަޢީވާ ޓެރަރިސްޓް ޙަމަލާ ކުށްވެރިކޮށް އެމް.ޑީ.ޕީ ވެލިދޫ ދާއިރާއިން ނެރޭ ނޫސް ބަޔާން

އެމް.ޑީ.ޕީ ރައީސް އަދި ރައްޔިތުންގެ މަޖްލިސްގެ ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް 6 މެއި 2021 ވަނަ ދުވަހުގެ ރޭ ދީފައިވާ ޓެރަރިސްޓް ޙަމަލާ އެންމެ ހަރުކަށި އިބާރާތުން ކުއް ވެރި ކުރަމެވެ. އަދި މިދާއިރާއިން ދެކޭގޮތުގައި ރޭގެ ވަގުތެއްގައި ދެވުނު ޙަމަލާ އަކީ ދަށު ދަރަޖައިގެ ރަޙުމްކުޑަ އަނިޔާވެރި ޙަމަލާ އެއް ކަމަށެވެ. އަދި މިއީ ރައްޔިތުންގެ މަޖްލިސްގެ މަގާމުގައި ހުންނެވި ފަރާތައް އަމާޒުކޮށް ދީފައިވާ ނުރައްކާތެރި ޓެރަރިޒަމްގެ ޙަމަލާއަކަށް ވާތީ، މިކަމާ ވެލިދު ދާއިރާއިން އިންތިހާއަށް ކަންބޮޑުވެ ހިތާމަކުރާކަން ދަންނަވަމެވެ.
މިފަދަ ނުރައްކާތެރި ޓެރަރިޒަމްގެ ޢަމަލުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ބޮޑެތި ގެއްލުމާކުރިމަތިވެ، ދިވެހި ޤައުމުގެ އަމަން އަމާންކަން ގެއްލި އިޖްތިމާއީ ފޭރާން ބަލިކަށިވަމުން ދާކަނަވެސް ފާހަގަ ކުރަމެވެ.
މި ނުރައްކާތެރި ޙަމަލާ ދިނުމުގައި ބައިވެރިވެފައިވާ އެންމެހާ ފަރާތްތައް ހޯދާ އިންސާފުގެ ކުރިމައްޗަށް ގެނެސް ޙައްގު އަދަބު ދިނުމަށް ކަމާގުޅޭ މުއައްސަސާތަކަށް ގޮވާލަމެވެ. މި ޙަމަލާގެ ސަބަބުން ގެއްލުން ލިބުނު އެމް.ޑީ.ޕީ ރައީސް އަދި ރައްޔިތުންގެ މަޖްލިސްގެ ރައީސް މުޙައްމަދު ނަޝީދު އަށާއި އެހެނިހެން ހުރިހާ ފަރާތްތަކަށް އަވަސް ޝިފާ އެއް މިންވަރުކޮށްދެއްވުން އެދި ދުޢާކުރަމެވެ.
މާތް ﷲ މި ލޮބިވެތި ޤައުމަކީ އަމާން ޤައުމެއްގޮތުގައި އަބަދަށް ލަހައްޓަވާ މިފަދަ ބިރުވެރި ޙަމަލާ ތަކުން ޤައުމާ ރައިއްޔިތުން ސަލާމަތްކޮށް ދިނުން އެދު ދުޢާކުރަމެވެ.
7 މެއި 2021

​​​​​​​​ އަބްދުﷲ މުޙައްމަދު
ވެލިދޫ ދާއިރާ ރައީސް