އެމް.ޑީ.ޕީ ކެޔޮދޫ ދާއިރާއިން ނެރޭ ނޫސްބަޔާން

އެމް.ޑީ.ޕީ ކެޔޮދޫ ދާއިރާ
ވ.ކެޔޮދޫ، ދިވެހިރާޢްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމް.ޑީ.ޕީ.ގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް، 6 މެއި 2021 ވަނަ ދުވަހުގެރޭ ވެރިރައް މާލޭސިޓީގައި ދެވުނު ނިރުބަވެރި ޙަމަލާ، އެމްޑީޕީ ކެޔޮދޫ ދާއިރާއިން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.
އަދި މި ހަމަލާގެ ޙަބަރު އަޅުގަނޑުމެން އެހީ ކުއްލި ސިހުމާއި ފުން ހިތާމައާއި އެކުގައެވެ. ހަމަ އެހެންމެ، މި ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް އަނިޔާ ލިބިފައިވާކަމީ އަޅުގަނޑުމެން ނުހަނު ކަންބޮޑުވެ ހިތާމަ ކުރާ ކަމެއް ކަމުގައި ދަންނަވަމެވެ.
މި ހަމަލާއަކީ ދިވެހި ދައުލަތަށާއި ހުރިހާ ދިވެހިންނަށް ދެވުނު ހަމަލާއެއް ކަމުގައި ދެކެމެވެ.
އަދި މިދާއިރާގެ ރައްޔިތުންގެ ދުޢާ އަކީ ރައީސް ނަޝީދަށާއި ބައެއް ޢާއްމުންނަށް ލިބުނު ޒަހަމްތަކަށް އަވަސް ޝިފާއެއް ﷲގެ މިންވަރު ކުރެއްވުމެވެ.

24 ރަމަޝާން 1442
06 މެއި 2021

އަލީ އިކްރާމް
​​​​​​​ކެޔޮދޫ ދާއިރާގެ ރައީސް