އެމް.ޑީ.ޕީ ކަނޑިތީމު ދާއިރާއިން ނެރޭ ނޫސްބަޔާން

ނަމްބަރ: MDP/C/2021/01

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު އަދި ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ ކުށްވެރިކޮށް އެމް.ޑީ.ޕީ ކަނޑިތީމު ދާއިރާއިން ނެރޭ ނޫސްބަޔާން

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް 6 މެއި 2021 ގެ ރޭ 8:30 ހާއިރު ދެވުނު ޓެރަރިސްޓް ހަމަލާއަކީ އެމަނިކުފާނުގެ ފުރާނަފުޅު ދުއްވާލުމަށް ގަސްތުގައި ދިން ހަމަލާއެއް ކަމަށާއި، މި އަމަލަކީ ވަރަށް ފިނޑި އަދި ނާތަހުޒީބު އަމަލެއްކަމުގައި ދެކި، އެމް.ޑީ.ޕީ ށ.ކަނޑިތީމު ދާއިރާގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ ނަމުގައި ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި މި ހަމަލާއިން ރައީސް ނަޝީދާއި އެހެން ބޭފުޅުންނަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދި ދުއާކުރަމެވެ.
އަޅުގަނޑުމެން އެދެނީ މިހަމަލާ ދިނުމުގައި ޝާމިލްވި ހުރިހާ ފަރާތްތައް ހޯދާ ޤާނޫނު ކުރިމައްޗަށް ގެނެސް އެފަރާތްތަކަށް ޙައްޤު އަދަބު ދިނުމުގައި ތަޙްޤީޤީ އިދާރާތަކާއި ތަންފީޒީ އިދާރާތަކުން ސާބިތުކަމާއެކު އަވަސް ފިޔަވަޅުތަކެއް އެޅުއްވުމެވެ. އަދި މިފަދަ ހަމަލާތަކުން އެންމެހާ ދިވެހިން ސަލާމަތްކޮށްދެއްވުމަށް ކަމާބެހޭ ފަރާތްތަކުން ކުރައްވަންޖެހިވަޑައިގަންނަވާ އެންމެހާ ކަންކަން ކޮށްދެއްވުމެވެ.

ކަނޑިތީމު ދާއިރާގެ ރައީސް