އެމްޑީޕީ ހިންނަވަރު ދާއިރާއިން ނެރޭ ނޫސްބަޔާން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމް.ޑީ.ޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ފުރާނަފުޅަށް ނުރައްކާވާ ގޮތަށް މިރޭ އެމަނިކުފާނަށް އަމާޒުކޮށް ދިން ޢުދުވާނީ ހަމަލާ އެމް.ޑީ.ޕީ
ހިންނަވަރު ދާއިރާގެ އެންމެހައި މެމްބަރުންގެ ނަމުގައި އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ.
މި ފިނޑި ޢަމަލު ހިންގި ފަރާތްތައް ހޯދައި މި ޙަމަލާ ތަޙްޤީޤް ކުރުމަށް ތަޙުޤީޤީ އިދާރާތަކަށް އިލްތިމާސްކުރަމެވެ.
ރައީސް މުޙައްމަދު ނަޝީދަށް އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވުމަށް އެދި ދުޢާ ދަންނަވަމެވެ.