MDP-TH01 01/21
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖްލިސްގެ ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާ ތުލުސްދޫ ދާއިރާއިން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ. މިއީ ދިވެހި ޤައުމުގެ މިނިވަންކަމާއި ރައްޔިތުން ބިރުވެރިކަމަށް ހުށަހަޅާ ނުރައްކަލުގެ ތެރެއަށް ވައްޓާލުމަށްޓަކައި ހިންގާފައިވާ ލާއިންސާނީ ޢަމަލެއްކަމުގައި މިދާއިރާއިން ދެކެމެވެ. މި ނުރައްކާތެރި ޓެރަރިސްޓު ހަމަލާ ރާވާ، ހިންގި ހުރިހާ އެންމެގެ ތަހުޤީގު ހިންގާ ވީހާވެސް އަވަހަކަށް ޝަރީޢަތުގެ ކުރިމައްޗަށް ގެނެސް ހަރުކަށި އަދަބު ދިނުމަށް ދައުލަތުގެ ކަމާއިބެހޭ އެންމެހައި މުއައްޞަސާތަކަށް ގޮވާލަމެވެ.
ރައީސް މުޙައްމަދު ނަޝީދާއި، މި ހަމަލާގައި އަނިޔާ ލިބުނު އެެންމެހާއި ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދި މާތްﷲ ހަޟްރަތުގައި ދުޢާ ދަންނަވަމެވެ.
07 މެއި 2021
މުޙާއްމަދު އަޛްމީލް
ދާއިރާ ރައީސް