އެމް.ޑީ.ޕީ މާމިގިލި ދާއިރާއިން ނެރޭ ނޫސްބަޔާން

އެމް.ޑީ.ޕީ މާމިގިލި ދާއިރާ
އދ.މާމިގިލި, ދިވެހިރާއްޖެ.

ރައްޔިތުން މަޖްލިސްގެ ރައީސް, ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް މިރޭ ދެވުނު ޓެރަރިޒަމްގެ ހަމަލާއާ ގުޅޭ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމް.ޑީ.ޕީގެ ރައީސް ރައީސް މުޙައްމަދު ނަޝީދުގެ ފުރާނަފުޅަށް އަމާޒްކޮށް ރޭގައިދީފައިވާ ބިރުވެރި ހަމަލާ މާމިގިލި ދާއިރާގެ އެމްޑީ.ޕީ ގެ މެމްބަރުންނާއި ސަޕޯޓަރުންގެ ނަމުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މި ބިރުވެރި ޙަމަލާ ތަހްޤީޤްކޮށް އެކަން ކުރި ބަޔަކު ހޯދައި ޤާނޫނުގައިވާ އެއްމެ ޙަރުކަށި އަދަބު ދިނުމަށް ތަހްޤީޤީ އިދާރާތަކަށާއި، ޤާނޫނު ތަންފީޒްކުރާ އިދާރާތަކަށް އިލްތިމާސްކުރަމެވެ.
އަދި، މި ޕާޓީގެ ލޮބުވެތި ރައީސް ރައީސް މުޙައްމަދު ނަޝީދު އަށާއި، މި ހަމަލާގައި އަނިޔާވި ހުރިހާ ފަރާތްތަކަށް އަވަސް ޝިފާއެއް ދެއްވުމަށާއި އެފާރަތްތަކުގެ އާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުންއެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.

25 ރަމަޟާން 1442
07 މެއި 2021

އިބްރާހީމް ރަޝީދު އަބޫބަކުރު
ދާއިރާ ރައީސް