އެމްޑީޕީ މިލަންދޫ ދާއިރާއިން ނެރޭ ނޫސްބަޔާން

އެމްޑީޕީ ށ.މިލަންދޫ ދާއިރާ
ށ.މިލަންދޫ
ދިވެހިރާއްޖެ

ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ ކުއްވެރިކުރުން
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަދި ރައްޔިތުންމަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް މިރޭގެ ވަގުތެއްގައި، ދިން ޓެރަރިޒަމްގެ ހަމަލާ އެމް.ޑީ.ޕީ މިލަންދޫ ދާއިރާގެ އެންމެހައި މެމްބަރުންގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ.
އަދި މި ނުރައްކާތެރި ޙަމަލާއަކީ މިރާއްޖޭގެ އަދުލު އިންސާފަށް ދިން ޙަމަލާއެއް ކަމުގައި ދެކޭ ހިނދު، މި އިގްތިޞާދީ ނާޒުކް ދަނޑިވަޅުގައި މުޅި ރާއްޖޭގެ ރަށްޔިތުންނަށް މިކަމުން ލިބޭނެ ގެއްލުން އިންތިހާއަށް ބޮޑުވެގެންދާނެ ކަމަށްވެސް ދެކެމެވެ.
ރައީސް ނަޝީދަކީ އަބަދުވެސް މި ރާއްޖޭގެ ރައްޔިތުންނަށް އިންޞާފާއި ހަމަހަމަކަން ގެނެސް ދިނުމުގައި ވަރުބަލިފުޅުކަމެއްނެތި ތާއަބަދު މަސައްކަތް ކުރައްވަމުންގެންދަވާ ހިތްވަރުގަދަ ހިތްތިރި ރައީސެއްކަން އެމަނިކުފާނު އެދަނީ ސާބިތުކޮށްދެއްވަމުންނެވެ.
މިހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް އަނިޔާތަކެއް ލިބިފައިވާކަމީ އެމް.ޑީ.ޕީ މިލަންދޫ ދާއިރާއިން އެކަމާ ނުހަނު ކަންބޮޑުވެ ހިތާމަ ކުރާކަމެއް ކަމުގައި ދަންނަވަމެވެ.
މި ހިތްދަތި ދަނޑިވަޅުގައި އެމް.ޑީ.ޕީ މިލަންދޫ ދާއިރާގެ މެމްބަރުން އެދެނީ ރައީސް ނަޝީދަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމެވެ.

– ޝުކުރިއްޔާ –
އެމްޑީޕީ މިލަންދޫ ދާއިރާގެ ރައީސް
އަހްމަދު ނިޔާޒް