އެމް.ޑީ.ޕީ ދުވާފަރު ދާއިރާއިން ނެރޭ ނޫސްބަޔާން

އެމް.ޑީ.ޕީ ދުވާފަރު ދާއިރާ ފިނިމައިޒާން ރ.ދުވާފަރު/ދިވެހި ރާއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މިޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްދިން ނިރުބަވެރި ހަމަލާ ކުށްވެރިކުރުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މިޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ނިރުބަވެރި ހަމަލާ ދުވާފަރު ދާއިރާގެ އެމް.ޑީ.ޕީ އެންމެހާ މެމްބަރުންގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

އަޅުގަނޑުމެން ދެކޭ ގޮތުގައި މި ހަމަލާއަކީ މި ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލުމުގެ ނިޔަތުގައި ދީފައިވާ ވަރަށް ރަހުމު ކުޑަ، ދަށު ދަރަޖައިގެ ހަމަލާއެކެވެ. މި ނިރުބަވެރި ހަމަލާ ރާވައި، ހިންގި ހުރިހާ އެންމެންގެ ތަހުގީގު ހިންގައި ވީހައިވެސް އަވަހަކަށް ޝަރީއަތުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދިނުމަށް ދައުލަތުގެ ކަމާއި ބެހޭ ހުރިހާ މުވައްސަސާ އަކަށް ގޮވާލަމެވެ.

​​​އަޅުގަނޑުމެންގެ ދުޢާއަކީ ރައީސް މުހައްމަދު ނަޝީދަށާޢި، މި ހަމަލާގައި އަނިޔާ ލިބުނު އެންމެހާ ފަރާތްތަކަށް މާތް ﷲ ގެ ހެޔޮ ރަހްމަތްފުޅުން އަވަސް ޝިފާއެއް މިންވަރު ކުރެއްވުމެވެ. އަދި ފުރިހަމަ ސިއްހަތަކާއެކު ރައީސް ނަޝީދު އަވަސް މުސްތަޤްބަލެއްގައި ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ނުކުމެވޭނެ ގޮތް މިންވަރު ކުރެއްވުމެވެ.

7 މެއި 2021
​​​​​​​