އެމްޑީޕީ ދަނގެތި ދާއިރާއިން ނެރޭ ނޫސްބަޔާން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމް.ޑީ.ޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ފުރާނަފުޅަށް އަމާޒްކޮށް ރޭގައި ދީފައިވާ ނިރުބަވެރި ހަމަލާ ދަންގެތި ދާއިރާގެ އެންމެހާ މެންބަރުންގެ ނަމުގައި އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކޮށް، މި ޙަމަލާ ތަހްޤީޤްކޮށް އެކަން ކުރި ބަޔަކު ހޯދައި ޤާނޫނުގައިވާ އެއްމެ ޙަރުކަށި އަދަބު ދިނުމަށް ތަހްޤީޤީ އިދާރާތަކަށާއި، ޤާނޫނު ތަންފީޒްކުރާ އިދާރާތަކަށް އިލްތިމާސްކުރަމެވެ.
އަދި، މި ޕާޓީގެ ލޮބުވެތި ރައީސް ރައީސް މުޙައްމަދު ނަޝީދު އަށާއި، މި ހަމަލާގައި އަނިޔާވި ހުރިހާ ފަރާތްތަކަށް އަވަސް ޝިފާއެއް ދެއްވުމަށާއި އެފާރަތްތަކުގެ އާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުންއެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.

ދަންގެތި ދާއިރާގެ ރައީސް
އައިޝަތް ޖެނިފާ