އެމް.ޑީ.ޕީގެ ރައީސް ރައީސް މުޙައްމަދު ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށް ދީފައިވާ ނިބުރުވެރި ހަމަލާއާއި ގުޅިގެން އެމްޑީ.ޕީ ނިލަންދޫ ދާއިރާގެ ފަރާތުން ނެރޭބަޔާން

.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމް.ޑީ.ޕީގެ ރައީސް ރައީސް މުޙައްމަދު ނަޝީދުގެ ފުރާނަފުޅަށް އަމާޒްކޮށް ރޭގައިދީފައިވާ ނިބުރުވެރި ހަމަލާ ނިލަންދޫ ދާއިރާގެ އެމްޑީ.ޕީ ގެމްބަރުންނާއި ސަޕޯޓަރުންގެ ނަމުގައި އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކޮށް، މި ނިބުރުވެރި ޙަމަލާ ތަހްޤީޤްކޮށް އެކަން ކުރި ބަޔަކު ހޯދައި ޤާނޫނުގައިވާ އެއްމެ ޙަރުކަށި އަދަބު ދިނުމަށް ތަހްޤީޤީ އިދާރާތަކަށާއި، ޤާނޫނު ތަންފީޒްކުރާ އިދާރާތަކަށް އިލްތިމާސްކުރަމެވެ.
އަދި، މި ޕާޓީގެ ލޮބުވެތި ރައީސް ރައީސް މުޙައްމަދު ނަޝީދު އަށާއި، މި ހަމަލާގައި އަނިޔާވި ހުރިހާ ފަރާތްތަކަށް އަވަސް ޝިފާއެއް ދެއްވުމަށާއި އެފާރަތްތަކުގެ އާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުންއެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.

7 މެއި 2021