އެމްޑީޕީ ހޮޅުދޫ ދާއިރާއިން ނެރޭ ނޫސްބަޔާން

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ،
ނ. ހޮޅުދޫ ދާއިރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ ކުއްވެރިކޮށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ ނ. ހޮޅުދޫ ދާއިރާއިން ނެރޭ ނޫސްބަޔާން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދަށް، އެމަނިކުފާނުގެ ގެ ގ. ކެނެރީގެ ކައިރީގައި 06 މެއި 2021 ގެ ރޭ 08:30 ހާއިރު ދެވުނު ޓެރަރިސްޓް ހަމަލާ އަކީ، އެމަނިކުފާނުގެ ފުރާނަފުޅު ދުއްވާލުމަށް ދިން ހަމަލާއެއް ކަމަށާއި، މި ޢަމަލަކީ ވަރަށް ފިނޑި އަދި ވަރަށް ނާތަހުޒީބު ޢަމަލެއް ކަމުގައި ދެކި، މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ ނ. ހޮޅުދޫ ދާއިރާއިން މި ޙަމަލާ އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ. މި ނުރައްކާތެރި ހަމަލާ ވީ އެންމެ އަވަހަށް ތަޙުޤީޤު ކޮށް، އެކަމުގައި ޝާމިލްވާ އެންމެހާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވި، އެ މީހުންނަށް ޙައްޤު ޢަދަބު ވީ އެންމެ އަވަސް ފުރުސަތެއްގައި ދިނުމަށް ގޮވާލަމެވެ.
މި ޙަމަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދުގެ އިތުރުން، މިޙަމަލާގައި އަނިޔާވީ އެންމެހާ ފަރާތްތަކަށް މާތް ﷲ ގެ ވާގިފުޅާއެކު އަވަސް ޝިފާއެއް މިންވަރުކުރެއްވުން އެދި ދުޢާ ކުރަމެވެ.

06 މެއި 2021
24 ރަމަޟާން 1442

އަޙްމަދު މުފީދު
ހޮޅުދޫ ދާއިރާ ރައީސް