އެމްޑީޕީ ފުވައްމުލަކު ދެކުނު ދާއިރާއިން ނެރޭ ނޫސްބަޔާން

އެމްޑީޕީ ފުވައްމުލަކު ދެކުނު ދާއިރާ
ފުނާޑު – ދޫޑިގަމް
ފުވައްމުލައް
MDP-R03 01/2021

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖްލިސް ގެ ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒު ކޮށް ދިން ނިރުބަވެރި ހަމަލާ ފުވައްމުލަކު ދެކުނު ދާއިރާ އިން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ. މިއީ ދިވެހި ގައުމުގެ މިނިވަން ކަމާއި ރައްޔިތުން ބިރުވެރި ކަމަށް ހުށައަޅައި ނުރައްކަލުގެ ތެރެއަށް ވައްޓާލުމަށްޓަކައި ހިންގާފައިވާ ލާއިންސާނީ އަމަލެއް ކަމުގައި މި ދާއިރާއިން ދެކެމެވެ. މި ނުރައްކާތެރި ޓެރަރިސްޓް ހަމަލާ ރާވައި، ހިންގި ހުރިހާ އެންމެންގެ ތަހުގީގު ހިންގައި ވީހައިވެސް އަވަހަކަށް ޝަރީއަތުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދިނުމަށް ދައުލަތުގެ ކަމާއި ބެހޭ ހުރިހާ މުވައްސަސާ އަކަށް ގޮވާލަމެވެ.
ރައީސް މުޙައްމަދު ނަޝީދާއި ، އެމަނިކުފާނުގެ ސެކިއުރިޓީންނާއި އަދި މިހަމަލާގައި އަނިޔާ ލިބުނު އެންމެހައި ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދި މާތްﷲ ގެ ހަޟްރަތުގައި ދުއާ ދަންނަވަމެވެ.
07 މެއި 2021

ސައުދުﷲ އަހުމަދު ހަސަންދީދީ
(ދާއިރާ ރައީސް)